މިދިޔަ ބުދަ ދުވަހު މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުންދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ބަންޑުން ޖަހާލީ ސިފައިންގެ ކުންފުނި ސިވެކްގެ ކޮޅުވެއްޓިއެކެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ތަފްސީލު - ބަންޑުން ޖަހާލި ވަގުތު ކޮޅުވެއްޓީގައި ތިބީ ތިން ދިވެހިންނާއި ބަންގްލަދޭޝް ތިން މީހުންނެވެ.
އެ ހާދިސާގައި:
އެކަކު ވަނީ މަރުވެފައި
އެއީ ސިފައިންގެ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި
އެމްއެންޑީއެފްއިން މިއަދު ބުނީ ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި ކޯސްޓް ގާޑުގެ އުޅަނދުތަކުން ކަނޑުމަގުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން:
ސާފަސް ސާޗުގައި 1،035 އަކަ ނޯޓިކަލް މޭލު ބަލައިފި
އޭރިއަލް ސާޗުގައި 1،496 އަކަ ނޯޓިކަލް މޭލު ބަލައިފި
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ