ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެއިން 153.9 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން، ހުޅުމާލެ ލޮޓް ނަންބަރު 11824ގައިވާ 28،507 އަކަފޫޓުގެ އަމިއްލަ ބިން، ޖީއެސްޓީއާ އެކު 153.9 މިލިއަން ރުފިޔާގެ އަގަށް އެޗްޑީސީން ބީއެމްއެލްއަށް ވަނީ ވިއްކާފަ އެވެ.
ތަފްސީލު - ހުކުމްގައި ބުނީ، އެ އަދަދަށްވާ ފައިސާ ބީއެމްއެލްއިން ވަނީ އެޗްޑީސިއަށް ދައްކައި ހަލާސްކޮށްފަ އެވެ. އަދި މި މުއާމަލާތުގައި ފުރިހަމަވާން ޖެހޭ އެންމެހާ ކަންކަން ފުރިހަަމަވާ ކަމަށް ވެސް އެ ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
އެއާ އެކު، އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މި ބިން ބީއެމްއެލްއަށް މިލްކުވެގެންވާކަން ހުކުމްގައި ކަނޑައެޅި އެވެ.
ބީއެމްއެލްއިން ހުޅުމާލޭން 154 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ