ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް ހުށަހެޅުން އަންނަ އާދިއްތައިގައި ހަމަވާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހަށް ހަމަވާނެ އެވެ.
ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި އަހަރުގެ ސްޓާޓަޕް ގްރާންޓުން 3 ވިޔަފާރިއަކަށް ހިލޭ އެހީ ދޭނެ އެވެ. މީގެ ކުރިން ސްޓާޓަޕް ގްރާންޓް ދިނީ 2 ވިޔަފާރިއަކަށެވެ.
ސްޓާޓަޕް ގްރާންޓް ހާސިލުކުރާ ކޮންމެ ފަރާތަކަށް:
ކޮންމެ ވިޔަފާރިއަކަށް 500،000ރ. ހިލޭ އެހީގެ ގޮތުގައި ލިބޭނެ 
ވިޔަފާރި ހިންގައި ކުރިއެރުވުމަށް ބޭނުންވާ ލަފާ ބޭންކުން ފޯރުކޮށްދޭނެ
ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމަށް:
އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ 
އަންނަ އާދިއްތައިގެ ހަވީރު 4ގެ ކުރިން [email protected]އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ 
ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022ގަ އެވެ. މިއީ ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ