އައްޑޫއިން ގެންދިޔަ ފަޔާ ލޮރީއާއެކު ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި
އެކަހެރިކޮށް އޮންނަ ފުވައްމުލައް ސިޓީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވުމުން އިއްޔެ ހިދުމަތް ހުއްޓުނު އެއާޕޯޓު، މިއަދު އަލުން ހުޅުވައި ދަތުރުތައް ފަށައި، އާންމު ހާލަތަށް ގެނެސްފިއެވެ.އާބާދީގައި 14،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކު އެއާޕޯޓްގެ ފަޔާ ޓްރަކަށް އިއްޔެ ދިމާވި މައްސަލައާ ގުޅިގެން، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގައިޑްލައިންތަކާ އެއްގޮތަށް އެ އެއާޕޯޓްގެ ދަތުރުތައް ހުއްޓާލީ މިދިޔަ ހޯމަ ދުވަހު އެވެ.އެނގިފައިވާ ގޮތުގައި ފުވައްމުލައް އެއާޕޯޓު އަލުން ހުޅުވާފައި ވަނީ އެ އެއާޕޯޓުގެ އަލިފާން ނިއްވާ އުޅަނދަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު އެވެ. ފަޔާ ޓްރަކެއް ނެތި އެއާޕޯޓު ހިންގުމަކީ ހުއްދަ ކަމެއް ނޫނެވެ. ރޭ އައްޑޫއިން ގެނައި ފަޔާ ލޮރީއާއެކު އެއާޕޯޓްގެ އޮޕަރޭޝަން މިއަދު އަލުން ވަނީ ފަށާފައި އެވެ. އެ ރަށަކީ ކަނޑުމަގުން ވެސް ދަތުރު ކުރުމުގައި އުނދަގޫ ރަށަކަށް ވުމުން ވޭތުވެދިޔަ ދެ ދުވަހު އެ ރަށުން ބޭރަށް ނުދެވި އެތައް ބަޔަކު ރަށުގައި ތާށިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ