މިޙާލަތުގަ ކުށްވެރިކުރާނީ އެކުވެރިޔާތަ؟ ފިރިމީހާތަ؟ ނޫނީ ތިމާތަ؟ ޙާދިސާ ވިދާޅުވެފަ ކޮމެންޓްކޮށްލައްވާ!

ތަނަވަސް ފިރިއެކެވެ. ދެމަފިރިން ދިރިއުޅެނީ ވަރަށް ލޯބިންނެވެ. އެއްކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. 
ހަފްތާ ބަންދެއްގައި އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާ އޯވަރނައިޓަކަށް އެޕާޓްމަންޓަށް ގެނައީ ފިރިމިހާގެ ގާތުގައި އަހައިވެސް ނުލައެވެ. ފިރިމީހާ މަސައްކަތުން އެނބުރި އައިއިރު އެކުވެރިޔާ ހުއްޓައި ފެނުނެވެ. ދަޢުވަތުދީގެން ގެނައީ އެރޭ އެޕާޓްމަންޓުގައި ބަހައްތަން ކަމަށް ބުނުމުން ފިރިމީހާ ދިއައީ ސިއްސައިގެންނެވެ. 
އަނބިމިހާ ގޮވައިގެން ކޮޓަރިއަށް ވަދެ އަހައިވެސް ނުލައި ތިއަވަރުކަމެއް ކުރީ ކީއްވެގެންތޯ ސުވާލުކުރިއެވެ. އެއީ އިތުރު ކޮޓަރިއެއް ގޭގައި ނެތުމުންނެވެ. އަނބިމިހާ ބުނީ އެއީ ބެސްޓްފްރެންޑް ކަމަށާއި އެންމެ ރެއަކަށް އެޕާޓްމަންޓްގައި ބަހައްޓައިލުމަކީ މައްސަލައެއް ނޫން ކަމަށެވެ. ފިރިމީހާ އެވަރުންވެސް ރުހޭބަހެއް ނުބުނެއެވެ. 
އެރޭ ކައިގެން ކޮޓަރީގައި މަޖާކުރަން ތިއްބައި 3 މީހުންނަށްވެސް ނިދުނީއެވެ. އެކުވެރިޔާ އޮތީ ތަޅުންމަތީގައެވެ. 
އަނބިމީހާއަށް ދަންވަރު ހޭލެވިގެން ބަލައިލިއިރު ފިރިމީހާއެއްވެސް އެކުވެރިޔާއެއްވެސް ކޮޓަރިއަކު ނެތެވެ. އަވަސް އަވަހަށް ސިޓިންރޫމަށް ފޭބިއިރު ކަމަކުދާކަށް ނެތެވެ. އޮތީ ބޮޑުތަނުގައި ޖެހިފައެވެ. 
އައިރުޅީގައި އެކުވެރިޔާއަށާއި ފިރިމީހާއަށް ނުބައިބަސްތައް ބުނަންފެށުމުން ފިރިމިހާ ބުންޏެވެ. "އަހުރެންނަށް ކުރެވުނީ ކުށެއް ކަމަށް ޤަބޫލުކުރަމެވެ. މާފަށްވެސް އެދެމެވެ. އެކަމަކު ކުށް ތިބާ ކުރުވީއެވެ. ތިބާއަށްވުރެ، ރީތި، ގުނަވަންތައް ފުރިހަމަ އަންހެނަކު ގެނެސް ކޮޓަރިއަށް ލައިގެން ނިންދެވީ އަހުރެންގެ ގާތުން ރުހުންވެސް ނުހޯދައެވެ. ވީމާ މިއީ ތިބާ ކުރުވި ކުށަކަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟" 
އަނބިމީހާ ބުންޏެވެ. އެންމެ ގާތް އެކުވެރިޔާގެ ހުރިވަރުވެސް އެނގިއްޖެއެވެ. ފިރިމީހާގެ ހުރިވަރުވެސް އެނގިއްޖެއެވެ. ވީމާ އަހުރެންނަށްވުރެ ރީތި އަންހެނަކު ފެނި ފުރުޞަތެއްލިބޭއިރަށް ވާނީ މިހެންތާއެވެ!"
ފިރިމީހާ ބުނީ ފުރުޞަތެއް ލިބުމާ އަނބިމީހާ ފުރުބަތެއް ހޯދައި މަގުފަހިކޮށްދިނުމަކީ ތަފާތު ދެކަމެއް ކަމަށެވެ. 
އަނބިމީހާ ނިމުނީ އެހިސާބުން ފިރިމީހާއާއި އެކުވެރިޔާއާއިވެސް ވަކިވާށެވެ. ފިރިމީހާއާއި އެކުވެރިޔާ ނިންމީ ދެމީހުން ގުޅޭށެވެ. 
ސުވާލަކީ ކުށްވެރިއަކީ ކާކުހެއްޔެވެ؟ މިހުރީ ދިރިއުޅުމުގައި ސަމާލުކަންދޭންޖެހިފައިވާ ކަންކެމެވެ. ހޭލުންތެރިވާންޖެހިފައިވާ ކަންކަމެވެ. ނިކަން ބުނެބަލާށެވެ! އިތުބާރެވެ މިކިޔާއެއްޗެއް ކުރެވެން އޮތީ ކާކަށް ހެއްޔެވެ؟
 
- އަލަފް / މިއަދުނޫހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ