އެއްބއަކު ބޭނުންވަނީ ކައިވެނިނުކޮށް ޒުވާން ޢުމުރުގެ އަގުހުރި ދުވަސްތައް ނަގައިލުމަށެވެ. އެއީ ކައިވެނިކުރުމުން މިނިވަންކަން ގެއްލިގެންދާނެ ކަމަށް ވިސްނާތީއެވެ. އެމީހުން އެބޭނުންވާ މިނިވަންކަމުގެ މާނައަކީ ޝައިޠޯނާގެ މަގުގައި ގިނަދުވަސްތަކެއް ހޭދަކުރުން ކަމުގައިވާނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.
ހަމައެއާއިއެކު ވީހާއަވަހަކަށް ކައިވެނިކުރަން ބޭނުންވާ ބައަކުވެސް ތިބެއެވެ. އެމީހުން ތިބެނީ ހެޔޮލަފާ މީހަކާއި ބައްދަލުވެ ކައިވެނިނުކުރެވިގެން އެކަމުގެ ކަންބޮޑުވުންމަތީގައެވެ. އެފަދަ މީހުން މިފަދަ ސުވާލުތައް ކުރެއެވެ.
އަޅުގަނޑުގެ ޢުމުރަކީ 20 އަހަރެވެ. އެކުވެރިން ބުނަނީ އަދި މިއީ ކައިވެނިކުރަންވީ ޢުމުރު ނޫންކަމަށެވެ. އެކަމަކު އަޅުގަނޑު ބޭނުންވަނީ އަވަހަށް ކައިވެނިކުރާށެވެ! އެއީ ކައިވެނިނުކޮށް ލޯބިވެގެން އުޅެން އަޅުގަނޑު ބޭނުންނުވާތީއެވެ. އެހެންވީމާ މިކަމުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟
މިއީ ވަރަށް ގިނަ ބައަކު އެކި ޢިބާރާތުން ކުރާ ސުވާލަކަށްވުމުން މިގެނެސްދެނީ ޑރ. ޒާކިރު ނައިކުގެ ބަސްފުޅަކުން ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ކައިވެނިކުރަން އެންމެ ރަނގަޅު އުމުރަކީ ކޮބައިތޯ ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންކަމުން ފުރތަމަ ބަހަކަށް ބުނަން އޮތީ ކައިވެނި ކުރަންވީ ވަކި ޢުމުރެއް ކީރިތި ޤުރްއާނުގައި ނެތް ކަމަށެވެ.
ޙަދީޘްފުޅުގައި އޮތީ އެމީހަކަށް ކައިވެނިކުރުމުގެ ކުޅަދާނަކަން ލިބުމުން ވީހައި އަވަހަކަށް ކައިވެނިކުރުމަށެވެ. މި ޙަދީޘްފުޅުން އެނގިގެންދަނީ (ބާލިޣްވުމުން) ވީހައި އަވަހަކަށް ކައިވެނިކުރަން ރަސޫލް (ޞޢވ) ބާރު އަޅުއްވަވާފައިވާ ކަމެވެ.
އިތުރު ޙަދީޘްފުޅެއްގައިވަނީ ކައިވެނިކުރާއިރު އެންމެ މުހިންމުކަމަކަށް އޭނާގެ ދީންވެރިކަމަށް ބެލުމަށެވެ. ވީމާ ފިރިހެން މީހާގެ ވެސް އަންހެން މީހާގެ ދީންވެރިކަމަށް ބެލުމަކީ އެންމެ މުހިންމު ކަންތަކެވެ.
އެމީހަކު ދިރިއުޅޭ ޤައުމެއްގައި ޢަމަލުކުރާ ޤާނޫނުތަކަށް ބަލަންވާނެއެވެ. ކައިވެނިކުރަންވާނީ އެ ޤައުމެއްގެ ޤާނޫނުގައި ހުއްދަކުރާ އުމުރުގައެވެ. އެގޮތުން އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި، 12، 14، 16 އަހަރުވެސް ކަނޑައަޅާފައިވެއެވެ. ޔޫރަޕްގެ ގިނަ ޤައުމުތަކުގައި ކަނޑައަޅާފައިވަނީ 16 އަހަރެވެ. އިންޑިއާގައި ކަނޑއަޅާފައިވަނީ 18 އަހަރެވެ.
ކައިވެނިކުރާ އުމުރު ހަގުކޮށްފައި އެވަނީ އެބައެއްގެ ޘަޤާފަތުގެ ތެރެއިން އަވަހަށް ކައިވެނިކުރާ ޤައުމުތަކުގައެވެ. އަހަރެންގެ ނަޞޭޙަތަކީ އެޤައުމެއްގެ ޤާނޫނުގައި ކައިވެނިކުރެވޭނެކަމަށް ކަނޑައަޅާފައިވާ އެންމެ ހަގު އުމުރު ޖެހުމުން އަވަހަށް ކައިވެނިކުރުމެވެ. (މިސާލަކަށް 12،14، 16،18 އަހަރުފުރުމުން އަވަހަށް ކައިވެނިކުރުމެވެ.)
ހަމައެއާއިއެކު ބާލިޣްވުމަށްފަހު ޤާނޫނުގައިވާ އުމުރު ހަމަކުރަން ބޭނުންނުވާނަމަ (އަވަހަށް ކައިވެނިކުރަން ބޭނުންވާނަމަ) ކަމާއިބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ކައިވެނިކުރާށެވެ.
މިއީ ދީނުގައި މިކަން އޮތްގޮތެވެ. ނަމަވެސް އެ މުޖުތަމައުއެއްގައި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތަށް ބަލައިގެން ކައިވެނިކުރުމަކީ ވެސް އޮތްކަމެކެވެ. މިސާލަކަށް ކޮލެޖް ނިންމުމާއި ކިޔެވުމުގެ ފުރުޞަތުލިބިފައިވާނަމަ ކިޔަވައި ނިމިގެން ކައިވެނިކުރުމަކީވެސް އެންމެ ރަނގަޅުކަމެކެވެ. ނަމަވެސް ފާހިޝް ޢަމަލުނުކޮށް، ޒިނޭނުކޮށް ހުރެވޭނެ ނަމައެވެ.
- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން
ކައިވެނީގަ ދެމިހުރުމުގެ ފުރުޞަތު ބޮޑުވަނީ ކޮން ޢުމުރެއްގަ ކައިވެނިކުރުމުންތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ