އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ ކެންދޫގައި އިހުތިޖާޖުކުރަނީ

މިއަދުގެ އެކި ވަގުތުތަކުގައި، އިރުއިރުކޮޅުން ކަރަންޓު ކެނޑޭތީ އެ ކަމާ ހިތްހަމަ ނުޖެހިގެން ބ. ކެންދޫ ރައްޔިތުން އިހުތިޖާޖުކުރަން ފަށައިފިއެވެ. "ސަން"އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލުގެ ރައީސް އިބްރާހިމް އަބްދުއްރަހްމާނު ވިދާޅުވީ، ކަރަންޓުގެ މައްސަލަ އެ ރަށު ރައްޔިތުން ތަހައްމަލުކުރަން ޖެހިފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ދިމާވާން ފެށީ، ފެނަކައިން ހިންގާ އެ ރަށުގެ އިންޖީނު ގޭގައި ހުރި ޖަނަރޭޓަރެއް މައްސަލަ ޖެހި، އެ ކަން ހައްލުކުރަން ރަށަށް ބާ ޖަނަރޭޓަރެއް ގެނެސް ބޭނުންކުރަން ފެށިފަހުންނެވެ. https://x.com/MateyZakir/status/1963638154990379462 އޭގެ ފަހުން ކަރަންޓު ކެނޑުމުގެ މައްސަލައަށް މުޅިން ހައްލެއް ނުލިބޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަދު އާދަޔާ ޚިލާފަށް، ގިނަގިނައިން ކަރަންޓު ކެނޑޭތީ ރައްޔިތުން އިހުތިޖާޖުކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިރޭ ވެސް އަންނަނީ ކަރަންޓު ކެނޑެމުންނެވެ. އަބްދުއްރަހްމާން ވިދާޅުވީ، އެގޮތަށް ކަރަންޓު ކެނޑުމުގެ ސަބަބުން ރަށު ރައްޔިތުންނަށް ވަރަށް ގެއްލުން ވަމުން އަންނަކަމަށެވެ. އެގޮތުން ބައިވަރު ރައްޔިތުންގެ އަގުބޮޑު އިލެކްޓްރޯނިކް މުދާ ހަލާކުވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ