ގއ ގެމަނަފުށްޓަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 3 އިންޖީނުގެ ތެރެއިން 2 އިންޖީނެއް ހަލާކުވެ، އެރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
އެމްވީޔޫތަށް މަޢުލޫމާތު ދެމުން ގެމަނަފުށީ ކައުންސިލްގެ ރައީސް އބުްދުﷲ ޝިއާން ވިދާޅުވީ 3 އިންތޖީނުގެ ތެރެއިން 2 އިންޖީނު ހަލާކު ވުމުން މހާރު ރަށުގެ އެކި ސަރަހައްދު ތަކަށް ކަރަންޓު ދެމުން ދަނީ 30 މިނިޓު ވަންދެން ކަމަށެވެ.
ލައިން މި އިންނަނީ. ކޮންމެ ލައިނަކަށް30 މިނިޓަށް ކަރަންޓު ދެމުން މިދަނީ." ޝިއާން ވިދާޅުވި އެވެ.
އިންޖީނުން 2 އިންޖީނު އެއްކޮށް ހަލާކުފައިވާ އިރު، އޭނާ ވިދަޅުވީ މުޅި ރަށުން ކަރަންޓު ކެނޑުނީ ހަވީރު 4 ޖަހާ އެހަައިކަންހާއިރު ކަމަށެވެ.
އަދި އެ ސަރަހައްދަށް ކަނޑައަޅާފައިވާ ފެނަކައިގެ އިންޗާރޖާއި އިތުރު ބޭފުޅަކު ވަޑައިގެން އިންޖީނުގެ ސްޕެއާރ ޕާރޓްސް ހިފައިހގެން މިހާރު އަތޮޅު ވިލިނގިއްޔަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެ ބޭފުޅުން ވަރަށް ބޮޑު ޔަޤީންކަމެއް އެބަ ދެއްާ މިރޭ ކަރަންޓު ދެވޭނެ ކަމަށް. އިންޖީނުގެ ބައިތައް ލިބުމުން ކަރަންޓު ދެވޭނީ." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ދެ އިންޖީނު ހަލާކުވެ ގެމަނަފުށިން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ