މެމްބަރު ހުސައިން މުހައްމަދު ފުލުހަށް ހާޒިރުވާން އަންގާފައިވާ އެންގުން ކެންސަލް ކުރައްވައިފި

ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދަށް ފުލުހުގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާ އެންގުން ދާދި ދެންމެއަކު ކެންސަލް ކުރައްވައިފި އެވެ.
ފުލުހުން މިކަން ކެންސަލް ކުރެއްވިކަން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ ވީނިއުސްއަށް ކަށަވަރުކޮށްދީފައެވެ.
ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރު ހުސައިން މުހައްމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ކުރިން އަންގާފައި އޮތީ މިރޭ 8:00 އަށެވެ.
ހުސައިން މުހައްމަދަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.
މީގެ ކުރިންވެސް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ގިނަ ބޭފުޅުންތަކެއްވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލްކޮށްފައެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ތަކުރާރުކޮށް ފުލުހަށް ހާޒިރުކޮށްފައިވާއިރު، އެޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒުވެސް ވަނީ އެތަށް ފަހަރެއްގެ މަތިން ފުލުުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ ދައުވާވެސް އުފުލާފައެވެ. މީގެ އިތުރަށް ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި، މެންބަރު އަލީ ހުސައިންވެސް ފުލުހަށް ހާޒިރުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ