ރާއްޖޭގެ ވެރިކަން ހަވާލު ކުރަން އެންމެ ގާބިލް ލީޑަރަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު މާޒް އަޙްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ގާސިމް ފިޔަވައި ރާއްޖޭގެ ވެރިކަން ހަވާލު ކުރަން ހެޔޮވާވަރުގެ ލީޑަރެއް ރިޔާސީ ރޭހުން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ ރޭހުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ވަކި ފަރުދަކަށް ވެރިކަން ހަވާލު ކުރާނަމަ ޤާސިމަށްވުރެ ބޮޑަށް އެކަމަށް ކުފޫހަމަވާ ބޭފުޅަކު ނެތް ކަމަށާއި ދެން ތިއްބެވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކީ ވެރިކަމަށް ގެނައުމަށް އެކަށީގެންވާ ލީޑަރުން ނޫން ކަމަށެވެ.
"ޤާސިމް އިބްރާހިމަކީ ޤައުމުގެ ހާލަތު އެނގިވަޑައިގަންނަވާ ފަސްބައި ސާފު ލީޑަރެއް. ކޮރަޕްޝަންގެ ތުހުމަތުން ސަލާމަތްވެ ހުންނެވި ހަމައެކަނި ލީޑަރަކީ ވެސް ޤާސިމް،" އޭނާ ވިދާޅުވި އެވެ. "އެއާއި ޚިލާފަށް ދެން ރިޔާސީ ރޭހުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކަށް ވެސް މިފަދަ ތުހުމަތުގެ އިނގިލި ދިއްކުރެވޭ"
ސަލީމް ވިދާޅުވީ ބޮޑު ކޯލިޝަނަކާއެކު އިންތިޚާބަށް ނުކުތުމަކީ އޭނަގެ އުންމީދެއް ކަމަށާއި ނަމަވެސް ކޯލިޝަން ލީޑު ކުރެވޭނީ ގާސިމް ފަދަ ބޭފުޅަކަށް ކަމަށެވެ.
ވެރިކަން ހަވާލުކުރަނީ އިޚްލާސްތެރިކަމާއެކު ކަންކަން ހިންގަން ކަމަށާއި މިހާރު އޮތް ބޮޑު ކޯލިޝަނަށް އެކަން ނުކުރެވޭ ކަމަށެވެ.
ސަލީމް ވިދާޅުވީ ރައީސް ވަހީދުގެ ކޯލިޝަން "ގައުމައިގެން ކުރިޔަށް" ގައި ރައީސް ވަހީދުގެ ރަނިންމޭޓަކީ ޑީއާރްޕީގެ ލީޑަރު އަޙްމަދު ތަސްމީން އަލީ ކަމަށްވާނަމަ އުމަރު ނަސީރަށް ތާޢީދުކުރާ ފަރާތްތަކުގެ އެއްވެސް ތާއީދެއް ރައީސް ވަހީދަށް ނޯންނާނެ ކަމަށެވެ.
"ވެރިކަން ކުރަން އެންމެ ގާބިލު ލީޑަރަކީ ގާސިމް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ