ތައުލީމީ ފަންޑުން ވިލިމާލޭގައި އެޅި ޕްރީ ސްކޫލް ހަވާލުކޮށްފި

ތައުލީމީ ފަންޑުން ވިލިމާލޭގައި އެޅި ޕްރީ ސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
ވިލިމާލޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ސްކޫލާ ހަވާލުވެ ވަޑައިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމް ވިދާޅުވީ އަލަށް ލިބުނު ޕްރީސްކޫލުގެ ސަބަބުން ވިލިމާލޭގެ ދިރިއުޅޭ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެން އަންނާނެ ކަމަށާއި މި ސްކޫލް ހުޅުވި ކަމުގައިވިޔަސް މިހާރު އެ އަވަށުގައި ކިޔަވައިދެމުން އަންނަ ޕްރީ ސްކޫލް ވެސް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ތައުލީމީ ފަންޑުގެ ފަރާތުން ވާހަކަ ދައްކަވަމުން ތައުލީމީ ފަންޑު ކޮމެޓީގެ ވައިސް ޗެއާޕާސަން އަމީން އިބްރާހިމް ވިދާޅުވީ މި ޕްރީ ސްކޫލް އިމާރާތުގެ މަސައްކަތަކީ ދެ މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓް ނިމުނުއިރު ގާތްގަނޑަކަށް 5.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
ފަސް ސަތޭކަ ކުދިންގެ ޖާގަ ހިމަނައިގެން އިމާރާތް ކޮށް މިއަދު ހަވާލު ކުރި ޕްރީ ސްލޫލްގައި އަށް ކުލާސް ރޫމް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ