މިއީ ދެ މޫސުން ބެދޭ ވިއްސާރަ: މެޓް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ހިސާބުގައި އާންމުކޮށްކުރާ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
ރެއިންއްސުރެ މާލެއާއި ރާއްޖޭގެ އެކި ހިސަާބުތަކަށް ބޯކޮށް ވާރޭވެހެމުންދާ އިރު، މާލެއަށް މިއަދު ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ހުއްޓުމެއް ނެތި ވާރޭ ވެހިފައިވެ އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު “ހަފްތާ” އަށް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ ހުޅަނގު މޫސުން ނިމި، އިރުވައި މޫސުމަށް އެޅުމަށް ކުރާ ވިއްސާރަ ކަމަށެވެ. އަދި ކަލަންޑަރުން އިރުވައި މޫސުމަށް އަޅާފައިވާ ކަމަށް ދެއްކި ނަމަވެސް، އަދި އިރުވައި މޫސުން ފެށިފައިނުވާ ކަމަށް ވިދާޅުވި އެވެ.
ނަކަތް ކަލަންޑަރުން ދައްކާ ގޮތުން، ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތް، ދޮށަ މިހާރު ނިމި، އިރުވައި މޫސުމުގެ މުލަ ނަކަތް މިވަނީ ފެށިފަ އެވެ. މުލަ ނަކަތުގައި ގަދަވަޔާއެކު ކަނޑުތައް ގަދަވާނެ އެވެ. އަދި އުތުރުގެ މަސްވެރިކަން ރަނގަޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ