ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް، ކަނޑު ދަތުރުކުރާ މީހުން ސަމާލުވޭ!

ކުރިއަށް އޮތް ތިން ދުވަހު މުސުން ގޯސްވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެދިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މުސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރު ކުރުމަށް އެދޭ ކަމަށެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް އިލްތިމާސް ކޮށްފައި ވެއެވެ.
އޭގެ އިތުރުން ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމަށާއި، ކުދި އުޅަނދުފަހަރުތަކުގައި ދަތުރު ނުކުރުމަށް އެދިފައި ވެއެވެ. އަދި ރޭގަނޑު އަދި ވިއްސާރައިގައި ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައި ވެއެވެ.
މެޓް އޮފީހުން މީގެ ކުރިން ބުނެފައި ވާގޮތުން، ރާއްޖޭގެ މުސުން ގޯސްވެފައި ވަނީ ރާއްޖެ ކައިރީގައި އުފެދިފައިވާ ދެ ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް ކުރަމުން ދާތީއެވެ. އަދި އެހެން ކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާންމުވައި ގަދަވުމާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ