ސުޕްރީމް ކޯޓު ކައިރިން ފެނުނު ޓޯއީ ކާރަކާ ގުޅިގެން ސިފައިން އެލާޓަށް

ރިމޯޓުން ކޮންޓްރޯލްކޮށްގެން ދުއްވާ ކުޑަ ކާރެއް ސުޕްރީމް ކޯޓު ކުރިމަތިން ފެނުމާ ގުޅިގެން އެ ސަރަހައްދު ބަންދުކޮށްފި އެވެ.
އެ ސަރަހައްދުން ފެނުނު ކާރު މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ސުޕްރީމް ކޯޓު ސަރަހައްދު ބަންދުކޮށްގެން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް އެ ސަރަހައްދުން ފެނުނު ކާރާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލަމާތީ ހިދުމަތްތަކާ ބެހޭ އިދާރާ ތަކުން އަދި ދީފައެއް ނުވެ އެވެ.
އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ މައުލޫމާތު ވެސް އެ ދެ އިދާރާ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހައެއްގައި ދިން ބޮމުގެ ހަމަލާއަށް ފަހު މުޅި ރާއްޖޭގެ ސެކިއުރިޓީ ވަނީ މަތިކޮށްފަ އެވެ. އަދި ދައުލަތުގެ ބައެއް އިދާރާތަކުގެ ކުރިމަތީގައި ސިފައިން ގެންދަނީ ހަތިޔާރާ އެކު ފޯރިމަރަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓަކީ ސިފައިން 24 ގަޑިއިރު ސެކިއުރިޓީ ފޯރުކޮށްދޭ ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ