ދައުލަތުގެ މުވައްޒަފުންގެ ރިޝްވަތުގެ ކުށްތައް ގާނޫނުލް އުގޫބާތުން އުނިވާ ގޮތަށް އެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނިކޮށް ގާނޫނުލް އުގޫބާތަށް ގެންނަމުންދާ ބައެއް އިސްލާހުތަކާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާ ގާޒީ އަބްދުލް ބާރީ ޔޫސުފު ފާޑު ވިދާޅުވެއްޖެއެވެ.
ފޭސްބުކް މެދުވެރި ކުރައްވާ ބާރީ ވަނީ ތިމާމެން ވަރުގެ މޮޅު ބަޔަކު ނެތިގެން، އެހެން މީހުން ކުރާ ކަންތައް ބަލައިނުގަނެ، ހެދިފަ ހުރި ގާނޫނުތަކަށް އިސްލާހު ހުށަހެޅުމުން ގާނޫނީ ނިޒާމު އޮޅުން ބޮޅުން އަރާފައިވާ ކަމަށް ވިދާޅުވެފައެވެ. "މިގައުމަށް ވަރަށް ކަމުދާ ގާނޫނުލް އުގޫބާތެއް އަޅުގަނޑުމެން އެކުލަވައިލިން. އެކަަކު ޒާތީ ހަސަދައިގެން ސަބަބުން އެއަށް ވީ ގޮތެއް ނޭނގޭ،" ބާރީ ވިދާޅުވެފައިވެއެވެ.
ބާރީވަނީ ގައުމު ތަރައްގީ ކުރުމަށް އޮއްޓަރު ހުރި ގާނޫނުތައް ހެދުމަށް ސަމާލުވާން ވެއްޖެ ކަމަށް ވިދާޅުވެފައެވެ. "ނުވަންޏާ ވެސް ބުނީމަ ދޯ އެނގޭނީ،" މަލާމާތުގެ ރާގަކަށް ބާރީ ވިދާޅުވެފައިވެއެވެ. ބާރީ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓު---
ދައުލަތުގެ މުވައްޒަފުންގެ އަމަލުތަކުގެ ތެރެއިން ރިޝްވަތުގެ ކުށް އުވޭ ގޮތަށް ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.
ދައުލަތުގެ މުވައްޒަފުން ކުރާ އަމަލުތަކުގެ ތެރެއިން ރިޝްވަތުގެ އަމަލުތައް ކަނޑައަޅާފައިވާ 510 ވަނަ މާއްދާއަށް އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ އިސްލާހުތަކުގައި ބަޔާންކޮށްފައިވަނީ ކޯޓުގެ ހުރުމަތް ކެނޑުމާ ބެހޭ ކުށުގެ ކަންތައްތަކެވެ.
އެ މާއްދާ އެގޮތަށް އިސްލާހު ކުރުމުން ދައުލަތުގެ މުވައްޒަފުން ކުރާ ކުށް ގާނޫނުލް އުގޫބާތުން އުނިވެގެންދާ އިރު އެފަދަ މައްސަލަތައް ދެން ބެލޭނެ އިތުރު ގާނޫނެއް ވުޖޫދުގައި ނޯންނާނެއެވެ. ކުރިން އަމަލު ކުރަމުން ގެންދިޔަ ކޮރަޕްޝަން ހުއްޓުވުމައި މަނާ ކުރުމާއި ބެހޭ ގާނޫނު ވެސް މިހާރު ވަނީ އުވާލާފައެވެ.
ރިޝްވަތުގެ ކުށް އުނިވާ ގޮތަށް އިސްލާހު ހުށަހެޅުމުން ގާޒީ ބާރީގެ ބަހުގެ ހަމަލާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ