ބ. އަތޮޅަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި

ހއ. އަތޮޅުން ފެށިގެން
ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވެ، މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި އެވެ.
ރާއްޖޭގެ ދެކުނު ސަރަހައްދަށް މޫސުން ގޯސްވެ،
ފުވައްމުލަކާއި އައްޑުއަށް މިރޭ ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ހއ އަތޮޅުން
ފެށީގެން ވ. އަތޮޅާ ހަމައަށް މިއަދު ޔެލޯ އެލާޓް ނެރުނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް
ލަފާކުރާތީ ކަމަށާއި ވައި ޖެހޭނެ ކަމަށް ލަފާކުރަނީ އާއްމުގޮތެއްގައި މަޑުން
ކަމަށެވެ. އެގޮތުން އާއްމު ގޮތެއްގައި ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނެއްގައި
ވައި ޖެހޭނެ ކަމަށް ލަފާ ކުރާ އިރު ވިލާގަނޑުގައި ވައި ބާރުވާނެ ކަމަށް ލަފާކުރަނީ
ގަޑިއަކު 35 މޭލަށެވެ.
މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 11:00 އާ ހަމައަށެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މި ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި މިއަދާއި މިރޭ ވެސް ދިިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދޭން މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ