އެމެރިކާގެ ޓެރަރިސްޓު ލިސްޓުގައި ދިވެއްސަކު ހިމަނައިފި

އެމެރިކާއިން ޓެރަރިސްޓުންގެ ގޮތު ކަނޑައަޅާ މީހުންގެ ލިސްޓުގައި ދިވެއްސަކު ހިމަނައިފި އެވެ. މިއީ އެމެރިކާގެ އެފަދަ ލިސްޓެއްގައި ދިވެއްސަކު ހިމެނި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ އެ ލިސްޓަކީ ސެޕްޓެމްބަރު 11 އިގެ ހަމަލާއަށް ފަހު ހަދަމުން ފުރިހަމަ ކުރަމުން ގެންދާ ލިސްޓެކެވެ. ދިވެއްސެެއްގެ ގޮތު އެމެރިކާގެ އެ ލިސްޓުގައި ޖަހާފައި ވަނީ މުހައްމަދު އަމީނު ކިޔާ މީހެކެވެ. އޭނާއަކީ އައިސިސްއަށް މަސައްކަތް ކޮށްދޭ މީހެއް ކަމަށް އެމެރިކާ ތުހުމަތު ކުރެ އެވެ.
އެމެރިކާއިން ބުނާ ގޮތުގައި އެ މީހާއަކީ ސީރިއާއާ އަފްޣާނިސްތާނުގައި އައިސިސް މަސައްކަތްތަކަށް ވާގިވެރިވާ މީހެކެވެ. އަދި އެއީ ސީރިއާގެ ހަނގުރާމައަށް މީހުން ފޮނުވުމުގައި އިސް ދައުރެއް އަދާކޮށްފައިވާ މީހެއް ކަމަށައި އޭނާ މެދުވެރިގެން މިހާރު މީހުން ހަނގުރާމައަށް ފޮނުވަނީ އަފްގާނިސްތާނަށް ކަމަށެވެ. އޭނާ ނިސްބަތް ވަނީ އިރާގު ގޮފި އައިސިސް - ކޭ އަށް ކަމަށް ވެސް އެމެރިކާއިން ތުހުމަތު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ