65 ޕަސެންޓް އަންހެން ދަރިވަރުން ސްކޫލް ގަޑީގައި ތިބެނީ ކުޑަކަމު ނުގޮސް: ރައީސް ނަޝީދު

ސްކޫލްތަކުގެ އަންހެން ދަރިވަރުންގެ ތެރެއިން 65 ޕަސެންޓް ކުދިން ސްކޫލްގަޑީގައި ކުޑަކަމު ނުގޮސް ތިބޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.
މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، އެޑިޔުކޭޝަނުން ދަރުބާރުގޭގައި ރޭ ބޭއްވެވި އަހަރުގެ މޮޅު ޓީޗަރުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސްކޫލުތަކުގެ ފާހާނާ ކުރުމުގެ ނިޒާމްގެ ފެންވަރު އެކަށީގެން ވާ ގޮތަށް ނެތުމުގެ ސަބަބުން ގިނަ އަދަދެއްގެ އަންހެން ދަރިވަރުން ސްކޫލު ގަޑީގައި ތިބެނީ ކުޑަކަމު ނުގޮސް ކަމަށެވެ.
އަދި ވިދާޅުވީ ދަރިވަރުން ދުވާލުގެ ގިނަ ވަގުތު ސްކޫލްގައި ހޭދަ ކުރާއިރު އެ ވަގުތުތަކުގައި ކުޑަ ކަމު ނުގޮސް ތިބުމުން ތަފާތު ވައްތަރުގެ ބަލި ޖެހުމަށް މަގު ފަހިވާ ކަމަށެވެ.
"ސްކޫލު ގަޑީގައި ފާހާނާއަށް ނުދާ ވަރަށް ގިނަ ކުދިން އަހަރުމެންނަށް ފެނޭ. ހާއްސަކޮށް އަންހެންކުދިންގެ ތެރެއިން، ރަނގަޅު 65 ޕަސެންޓަށް ވުރެ ގިނަ ކުދިން މަދަރުސާ ގަޑީގައި ކުޑަކަމު ނުދޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި ބަލިތަށް ޖެހުމުގައި، ހާއްސަކޮށް އަންހެން ކުދިންނަށް ޖެހޭ ބަލިތައް ދިމާވުމުގައި މިބާވަތުގެ ކަންކަން ވަރަށް ބޮޑު ދައުރެއް އަދާ ކުރޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސްކޫލުތައް ޑިޒައިން ކުރާއިރު އެތަންތަނަކީ ފަންކްޝަނަލް ތަންތަނަށް ހަދަންޖެހިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ