މިއަދު ވިއްސާރަ ކުރިޔަސް އީދަށް މޫސުން ރަނގަޅުވާނެ

މިހާރު ރާޢްޖެއަށް ކުރަމުންދާ ވިއްސާރަ ރަނގަޅުވެ އީދަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި ވައި ވެސް ގަދަވާނެ ކަމަށެވެ.
"ކަނޑުތައް ވެސް ގަދަވާނެ. މާދަމާ ވެސް އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ. ހާޢްސަކޮށް މެދުރާއްޖެ ތެރެއާ އުތުރަށް ވައިގަދަވެ ކަނޑުގަދަވާނެ. އެކަމަކު އީދަށް ވިއްސާރަ އަލިވާނެ،" މެޓުން ބުންޏެވެ.
މޫސުމާބެހޭ އެއިދާރާއިން ބުނި ގޮތުގައި އީދު ބަންދުގައި ރާއްޖޭގެ މޫސުން ރަނގަޅުވާނެއެވެ.
ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށްބަލާ އިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެވުޒަރާއިން ބުނެއެވެ.
އަދި މިދުވަސްވަރަކީ ރާއްޖޭއެކި ކަންކޮޅުތަކުގައި މީހުން ދަތުރުފަތުރު ކުރަމުންދާ ދުވަސްވަރަކަށް ވުމުން ހާއްސަގޮތެއްގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ވީހާވެސް ބޮޑު ސަމާލުކަމެއް އަދިވެސް ދިނުމަށް މެޓް އޮފީހުން އެދިފައިވާއިރު ކޯސްޓުގާޑުން ވެސް ވަނީ މޫސުމަށް ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ