ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހިތްވަރު ދިނުމަށްޓަކައި ދޭ ކަލާސް އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިދިޔަ އަހަރު ކުޅިވަރުތަކުގައި ބައިވެރިވި ދަރިވަރުންނަށް އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
މައިގަނޑު ހަތަރު ކެޓަގަރީން 13 ކުޅިވަރަކުން ކަލާސް އެވޯޑު މި އަހަރު ދޭއިރު، އެވޯޑު ދޭ ހަތަރު ކެޓަގަރީ އަކީ އުމުރުން 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަދި 18 އަހަރުން ދަށުގެ ދަރިވަރުންނަށެވެ. އަދި ކުޅިވަރު ތަކަކީ ފުޓްބޯޅަ، ވޮލީބޯޅަ، އެތްލެޓިކްސް، ބެޑްމިންޓަން، ފެތުން، ބާސްކެޓް ބޯޅަ، ކްރިކެޓް، ނެޓްބޯޅަ، ޓެނިސް، ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ކެރަމް އަދި ޗެސް އިންނެވެ.
މިނިސްޓްރީން ބުނިގޮތުގައި ކަލާސް އެވޯޑު ދެނީ ކުޅިވަރުގެ ރޮގުން ސްކޫލު ފެންވަރާއި ޤައުމީ ފެންވަރު އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތަކަށެވެ.
މައިލޯ ކަލާރސް ރަން ގެ ސްޕޮންސަރުންނަކީ މައިލޯ ކަމަށް ވާއިރު އެންމެ ފުރަތަމަ މައިޅޯ ކަލާރސް ރަންގެ އެވޯޑް ދީފައިވަނީ ސްރިލަންކަގައެވެ.
މައިލޯ ކަލާރސް އެވާރޑް 2018 އަށް ފުރުޞަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ