ޔޫތް ޗެލެންޖް 2018 އަށް ބޮޑު ތަރުޚީބެއް! މިރޭ ފަހު ރޭ

800 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތާއި އެކު 8 ފެބްރުއަރި ދުވަހުގެ ރޭ ހުޅުވިގެންދިޔަ "ޔޫތް ޗެލެން 2018" އަށް ވަރަށ ބޮޑު ތަރުޙީބެއް މިޙާތަނަށް ލިބިފައިވާ އިރު މިރެ އަކީ މި އިވެންޓްގެ އެންމެ ފަހު ރެއެވެ.
88 ސްޓޯލް އާއި އެކު ޔޫތް ޗެލެންޖް ކުރިއަށް ދާއިރު މިހާތަނަށް 4000 އަށް ވުރެ މީހުންވަނީ މި އިވެންޓަށް ޒިޔާރަތްކޮށްފައެވެ.
މި އަހަރުގެ ޔޫތު ޗެލެންޖަކީ މިހާތަނަށް ޔޫތު މިނިސްޓްރީން ކުރިޔަށް ގެންދެވޭ އެންމެ ކާމިޔާބު އެންމެ ވަރުގަދަ ޔޫތު ޗެލެންޖަށް ވެގެންދާއިރު މިރޭ އެންމެ ފަހުރޭ ކަމުގައި ވިޔަސް ވަރަސް ފޯރިގަދަކޮށް މިރޭ ވެސް އިވެންޓް ކުރިއަށް ދާނެ ކަމަސް ޔޫތް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ، އެގޮތުން މިރޭގައި އިވެންޓް ކުރިއަށް ދާނީ ޚާއްޞަ އިނާމުތަކާއި ލައިވް އާރޓްގެ އިތުރުން ޒުވާނުންގެ ތަފާތު ހުނަރުތައް ބަލާލުމަށް ފުރުޞަތު ހުޅުވިފައިވާ އިރު ޒުވާނުން އެންމެ ލޯބި ކުރާ ބުއިން، ކޮފީވެސް ލިބެން ހުންނާނެއެވެ.
ޒުވާނުންނަކީ މުޖުޠަމަޢުގައި ކުރާނެ މަސައްކަތެއް ނެތި ބާކީ ވެފައި ތިބި ބަޔަކަށް ވެފައި އޮތް އޮތުން ނިމުމަކަށް ގެސްދެއްވީ ރައީސް ޔާމީން ކަމަށްވާއިރު، މި އަހަރު މި ބޭއްވުނު ޔޫތު ޗެލެންޖެގެ ސަބަބުން އިންޓާރންޝިޕާއި އެކު ވަޒީފާގެ ފުރުސަތުގެ ޢަދަދު 900 އަށް އަރައިގެން ދާނެ ކަމަށާއި މިއީ ސަރުކާރުގެނެ ޒުވާނުންނަށްޓަކއި ކުރަމުން އަންނަ މަސައްކަތުގެ 80 އިން ސައްތަ ޙާޞިލްވުން ކަމުގައި ޔޫތު ޗެލެންޖެ ހުޅުވވައި ދެއްވަމުން ޔޫތު މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
މި ޔޫތު ޗެލެންޖެގައި 112 ފަރާތަކުން ވަނީ ވަޒީފާގެ ފުރުޞަތުތައް ހުޅުވާލާފައެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ދިވެހި ޒުވާނުންނަށް އަންނަނީ ފަހި ފުރުޞަތުތަކެއް އެކި ގޮތް ގޮތުން ތަނަވަސް ކޮށްދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ