ދިލަގަދަ ސްޕްރޭ އެއް ޖަހާ ގިނަ އަދަދެއްގެ ފައިސާ ހުޅުމާލެއިން ފޭރިގެންފި

އިސްލާމިކް ބޭންކްގެ ހުޅުމާލޭ ބްރާންޗަށް ފިއުލް ސަޕްލައިން ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ، އެ ފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް ދިލަ ގަދަ ސްޕްރޭ އެއް ޖެހުމަށްފަހު ފޭރިގެންފިއެވެ.
ސީއެންއެމް އަށް ވާހަކަ ދައްކަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު މެންދުރު ވާން ކައިރި ވެފައި ވަނިކޮށް ހުޅުމާލެއިން ފޭރުމުގެ މައްސަލަ އެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އިތުރަށް ވިދާޅުވީ އެ މައްސަލަ ހިންގާދިޔަ ސަރަހައްދު ބަލަމުން އަންނަ ކަމަށާއި ފޭރުން ގަޑި ޔަގީންވެފައި ނުވާ ކަމަށެވެ.
ފައިސާތައް ހިފައިގެން ދިޔަ މީހާގެ މޫނަށް ޖެހީ މޫވް ސްޕްރޭ ކަމެއް ޔަގީން ނުވާ ކަމަށާއި ސްޕްރޭ ޖަހައި އެމީހާ އަތުން ގިނަ އަދަދެއްގެ ފައިސާ ތައް އަތުލައިގަނެފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދެއެވެ.
އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރެވޭ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ