އިންތިހާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައަށް ހެކި އުފެއްދުމަށް ބޮޑެތި އަދަދުތަކުން ކަޅު ފައިސާއިން ރިޝްވަތު ގިނަ ފަރާތްތަކަށް ހުށަހަޅުންދާ ކަމަށް ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަޅު ފައިސާއިން ރައީސް ޔާމީނަށް ރައްޔިތުންގެ ނިންމުން ޖަހައިނުގަނެވޭނެ ކަމަށެވެ. Riyaasee Inthikhaabaa Behey Gothun SC Ah YAG Hushalhaafaivaa Dhusthooree Massalaigai, Heki Ufehdhumah Bodethi Adhadhu Thakun Kalhu Faisaa Varah Gina Faraaithakah Husahahalhamun Eba Gendhey. Kalhu Faisaa In YAG Ah Rayyithunge Nimmun Jahai Nuganaveyne.!!— Abdulla Ahmed (@AblhoMP) October 13, 2018
ރައީސް ޔާމީން އިންތިހާބު ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފައި ވަނީ އެދުވަހުގެ ރޭގަނޑުއެވެ. މިރޭގެ ވަގުތެއްގައި އިލެކްޝަނުގެ ފަރާތުން މި ދައުވާއަށް އިބްތިދާއީ ޖަވާބެއް ދޭން ޖެހެއެވެ. އެއަށްފަހު މާދަމާ މެންދުރު މި ދައުވާގެ ފުރަތަމަ އަޑު އެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޔާމީން ދުސްތޫރީ މައްސަލައެއް ކަމަށް ބުނެ ރިޔާސީ އިންތިހާބު ބާތިލް ކުރަން ހުށަހެޅި މައްސަލާގައި އެންމެ މުހިއްމު ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ލިޔެވޭ އަނގޮޓިތަކެއް ބޭނުންކުރި މައްސަލައެވެ. އެ މައްސަލަ ތަހްގީގު ކުރުމަށް ދިފާއީ ބާރުތަކުގެ މައްޗަށް ވަގުތީ އަމުރަކަށް އެދިފައިވާއިރު އެކަން ސާބިތު ކުރުމަށް ސިއްރު ހެކިވެރިންވެސް ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ.
އިންތިހާބު ބާތިލްކުރުމަށް ހުށަހެޅި މައްސަލާގެ ތެރެއިން އިދިކޮޅު ހަތަރު ލީޑަރުންގެ ފަރާތުން ވަނީ ތަދައްހުލު ވެފައެވެ.
އިންތިހާބު ބާތިލް ކުރުމަށް ހެކި އުފައްދަން ދަނީ ރިޝްވަތު ހުށަހަޅަމުން: އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ