ޖަރުމަނު ވިލާތުގެ ހިމާޔަތުގައި ތިއްބެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ޖޭޕީގެ ރައީސް އަލީ ވަހީދު އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން، ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް އެ ހުކުމުން ވީއްލައި، ހައިކޯޓުން މިއަދު ވަނީ އޭނާ މިއަދު ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ.
ގާސިމްގެ ޓީވީ ސްޓޭޝަން، ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، އަންނަ ބުދަދުވަހުގެ މެންދުރުފަހު 3 ޖަހާއިރު ހުންނަވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށެވެ. އޭނާއާ އެކު، ދެދަރިކަލުން ކަމަށްވާ މުހަންމަދު އާއި އިސްމާއީލްވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. މީގެ އިތުރަށް، ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި، އެމަނިކުފާނުގެ ސިޔާސީ މުޝީރު އަދި ކުރީގެ ނައިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހުމަދު ވެސް އޭނާއާ އެކު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ޖަމީލް އާއި އަލީ ވަހީދު ވެސް އުޅުއްވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އެގައުމުގަ އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް މިހާރު ޑިމޮކްރަސީ އާއި މިނިވަންކަމުގެ އިހުސާސް ކުރެވޭ ކަމަށާއި އެކަމާ މެދު އުފާ ކުރައްވާ ކަމަށެވެ.
ގާސިމް، ޖަމީލް، އަލީ ވަހީދު ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ