ރައްޔިތުން މަޖިލީހުގެ 12 ދާއިރާގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި

ރައްޔިތުން މަޖިލީހުގެ 12 ދާއިރާގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ އެގޮތުން އިލެކްޝަން ކޮމިޝަނުން މަޢުލޫމާތު ދޭގޮތުގައި، ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑަ އަޅުއްވަަންދެން ރައްޔިތުން މަޖިލީހުގެ 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކުރިން ނިންމި ނިންމެވުން ބާތިލް ކޮށްފައިވާކަމަށް. މީގެއިތުރުން، އިލެކްޝަނުން ވަނީ އެ މަޢުލޫމާތު ކަމާއި ބެހޭ ފަރާތްތަކަށް އެންގުމަށް ނިންމާފައެވެ. މީގެކުރިން ފިނޭންސް މިނިސްޓްރީއިން ހުށައެޅި ސަޕްލިމަންޓްރީ ބަޖެޓުގައި، ރައްޔީތުން މަޖިލީހުގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަންއިން ބޭނުންވާ 26 މިލިއަން ރުފިޔާ ވަނީ ހިމަނުއްވާފަ. މީގެއިތުރުން، އެންޓި ޑިފެކްޝަން ޤާނޫނާއި އެކު 12 މެމްބަރެއްގެ ގޮނޑިވަނީ ގެއްލިފައި ވާކަމަށް ވެއެވެ. 7 މައްދާއާއި އެކު އެކުލަވާލާފައިވާ އެންޓި ޑިފެކްޝަން ޤާނޫނުގެ 2 ވަނަ ބާބުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން މި ޤާނޫނުގެ 3 ވަނަ މައްދާގައި މި ހާލަތްތައް ވަނީ ބަޔާންކޮށްފައެވެ. މި މައްދާގައި ވާގޮތުން 2017 ޖުލައި 13 ވަނަ ދުވަހުން ފެށިގެން މި މައްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެމްބަރަކަށް މެދުވެރިވެއްޖެ ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން، އެންމެ ފަހުން ސުޕްރީމް ކޯޓުން ބޭއްވި ކޯޓުގެ އަޑު އެހުމަށް އެ ކޯޓުން ނިންމެވީ، ފްލޯރކޮރސް ކުރުމާއި ބެހޭ ގޮތުން ސުޕްރީމް ކޯޓުން 2017 ވަނަ އަހަރުގެ ޖުލައި މަހު ނެރެފައިވާ ހުކުމް ބާތިލް ކޮށް 1 ފެބްރުއަރީގައި އެ ކޯޓުން ނެރުނު ހުކުމް ބާތިލްކުރުމަށް ކަމަށެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ނިންމި ނިންމުން ބާތިލް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަމުން އުއްތަމް ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީ ވަނީ، ރައްޔިތުން މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލް ކަމަށް ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ