ކުރީގެ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަން އުވާލުމުގެ މަސައްކަތްކުރަމުންދާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ކޮމިޝަނުން ކުރަމުން ގެންދިޔަ މަސައްކަތްތައް ހުއްޓާލައި، އެތަނުގެ މެމްބަރުންނަށް ނޯޓިސް ދީފައިވާނެ ކަމަށެވެ.
"ސަރުކާރުން ދެކޭ ގޮތުގައި އެތަނުން ކުރަމުން ދިޔައީ ރަނގަޅު ކަންތައްތަކެއް ނޫން. އެހެންވެ އެތަން އުވާލީ،" އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދު އެ ކޮމިޝަން އުފެއްދެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު މޭ ،16 2009 ގަ އެވެ. އެ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އާއި ސަރަނގު އާދަމް މަނިކާއި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިޚު ހުސައިން ރަޝީދު އަހުމަދާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާނާއި ގާނޫނީ ވަކީލު އަބްދުﷲ ހަސީނެވެ. އެ ކޮމިޝަންގެ ރިޔާސަތު ބެލެހެއްޓެވީ އާދަމް މަނިކާއި ހުސައިން ރަޝީދެވެ.
އެ ކޮމިޝަނުގެ ކުރީގެ މެމްބަރު ހަސީން ވަނީ އެމްޑީޕީން ލޮނުޒިޔާރަތްކޮޅުގައި ބާއްވަމުންދާ މުޒާހަރާގައި، އެ ކޮމިޝަނުން ބަލަމުން ދިޔަ ބައެއް މައްސަލަތަކުގެ މައުލޫމާތު އާއްމުކޮށްފަ އެވެ.
ކުރީގެ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަން އުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ