މޫސުން ތަން ނުދިނުމުގެ ސަބަބުން "އަސްތާ" ޖަލްސާ ފަސްކޮށްފި
މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރޭ ޕީޕީއެމް އިން ބޭއްވުމަށް ހަމަޖެއްސި "އަސްތާ" ރެލީ ފަސްކޮށްފިއެވެ. ޖަލްސާ ފަސްކުރެއްވިކަން އަންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޫސުން ގޯސްވެ، ވިއްސާރަ ކުރާނެކަމަށް ކަމާއިބެހޭ އިދާރާތަކުން ލަފާކޮށްފައިވާތީ މާދަމާ ރޭ ބާއްވަން ހަމަޖެއްސި ރެލީ ފަސްކުރެވިފައިވާކަމަށެވެ. އަދި ރެލީ އޮންނާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެކަމަށްވެއް ނިހާނުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ."އަސްތާ" ގެ ނަމުގައި ބާއްވަން ނިންމި މި ޖަލްސާގައި ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ.. ފަހަކަށް އައިސް ޕީޕީއެމުން އަންނަނީ އެޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރުކޮށް ޖަގަހަތައް ހުޅުވާ އެޕާޓީގެ ޖަލްސާތައްވެސް ބާއްވަމުންނެވެ. އެގޮތުން ދާދިފަހުންވެސް އެޕާޓީން ވަނީ ތައްޔާރުގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ