މޫސުން ގޯސްވެ، ތިން އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ދެކުނުގެ ތިން އަތޮޅަކަށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ދ. އަތޮޅާއި ތ. އަތޮޅު އަދި ލ. އަތޮޅަށެވެ.
ރާއްޖޭގެ ދެކުނާއި މެދުތެރޭ އެކިހިސާބަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، އުތުރުގެ ބައެއްރަށްތަކަށް ވެސް ގުގުރުމާއެކު ކެރީގެ އަސަރުފޯރާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުޅަނގާއި ހުޅަނގު އުތުރުން 6 މޭލާއި 12 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި އެހެންހިސާބުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލު ބާރު މިނުގައި ވައިޖެހޭއިރު ވިލާގަނޑުގައި ގަނޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.
އުތުރުއަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވިނަމަވެސް މެދުތެރެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ