އަނެއްކާ ވެސް މެމްބަރު ސިނާނާއި އިލްހާމް ހޯދަން އިއުލާންކޮށްފި

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހޯދަން ފަށާފައިވާ ކަމަށް ފުލުހުން އަނެއްކާ ވެސް ބުނެފިއެވެ.
ފުލުހުން ހުކުރު ދުވަހު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މެމްބަރުން ހޯދަމުންދަނީ ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން, އުޅޭ ތަނެއް އެނގިފައި ނުވާތީއެވެ. އެހެން ކަމުން އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނަށް އަންގަދިނުމަށް އާންމުންގެ ކިބައިން އެދިފައިވެއެވެ.  
މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވެސް އެ ދެ މެމްބަރުން ހޯދަން ފުލުހުން ހޯދަން އިއުލާންކުރިއެވެ. އަދި އޭގެ ފަހުން އެ ދެ މެމްބަރުން މާލެ ވަޑައިގެންނެވުމުން މި މަހުގެ 4 ވަނަ ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އެ ދެ މެމްބަރުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މެންބަރުން ދޫކޮށްލަން ވަނީ އަމުރުކޮށްފައެވެ.
އިލްހާމާއި ސިނާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމަށް ފަހު ފުލުހުން ދެއްކި ވާހަކަ އިން އެނގުނީ އެ ދެ މީހުންގެ މައްޗަށް ކުރާ ތުހްމަތަކީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ދެއްވި ރިޝްވަތުގެ ފައިސާގައި ހިފުމެވެ. ނަމަވެސް އެ ދެ މެމްބަރުން ވެސް ވަނީ އެ ތުހްމަތުތަކަށް އިންކާރު ކުރައްވާފައެވެ. ފާރިސް ވަނީ ހައްޔަރުކޮށްފައެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ