ކޯވިޑް-19: އެސްޓީއޯ އީ ސްޓޯރުގެ ހިދުމަތް އަލުން ފަށައިފި

އިއްޔެ އިއުލާނުކުރި ލޮކްޑައުންގެ ހާލަތާއި ގުޅިގެން މެދުކެނޑުނު އެސްޓީއީ އީ ސްޓޯރުގެ ހިދުމަތް އަލުން ފަށައިފިއެވެ.
އެގޮތުން އެސްޓީއޯއިން ބުނެފައިވަނީ މިހާރު ގޭގައި ތިބެގެން އޯޑަރުކުރެއްވޭނެ ކަމަށާއި ދޮރާއި ހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
އިއްޔެ އެސްޓީއޯއިން ބުނެފައިވާގޮތުގައި އެ ހިދުމަތް ވަގުތީގޮތުން މެދުކެނޑުނީ އެ ހިދުމަތުގެ ޑެލިވަރީ ޕާޓްނަރ ރެޑްބޮކްސް އަށް ބޭނުންވާ ހުއްދަ ނުލިބި އޮތުމުންނެވެ.
ލޮކްޑައުންގެ މި ހާލަތުގައި ޑެލިވަރީގެ ހިދުމަތް ދެވޭނެ ވަގުތުތައް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ ހެނދުނު 09:00 އިން މެންދުރު 2:00 އަށް، މެންދުރު ފަހު 3:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 08:30 އިން ރޭގަނޑު 11 އަށެވެ.
We are happy to inform that we have resumed https://t.co/71iBYUA858 services. You can now place your grocery orders and have them delivered to your doorstep. ☺️ We thank you for your patience. #SocialDistancing #FlattenTheCurve pic.twitter.com/0hFkWsWPn4
— STO Plc (@stoplc) April 16, 2020
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ