(އައްޑޫ ސިޓީ ހިތަދޫ) މޫސުން ތަންދޭފެހޭ، މި ރަށި އީދި ނަމާދަކެޑުން ސްޓޭޑިއަމި އޮންނެހެއް ކަމަށް، މި ހަރަކާތް އިންތިޒާމުކެރާ ނޫރުލްއިސްލާމް ޖަމިއްޔާއިން، ބެނަފި.
“ވަގުތަށް” މައުލޫމާތު ދެމުން ނޫރުލްއިސްލާމް ޖަމިއްޔާއި ނައިބު ރައީސް މުހައްމަދު ނިހާދު ޖަމާލް ވިދާޅަވީ، އެންމެފަހި ވަގުތާއި ޖެހޭތިކޮށަސް މި އިވެންޓާ ކުރިއަށް ގިނެވޭތޯ މަސައްކަތް ކެރަމުންއޭ ކަމަށާއި، މޫސުން ތަންނިދޭ ފެހޭ ދެން ޖެހޭނެއި އިވެންޓާ ކެންސަލްކެރާ ކަމަށް.
“އެންމެފަހި ވަގުތާއި ޖެހޭތިކޮށަސް މި ބަލަނީ، އިވެންޓާ ކުރިއަށް ގިނެވޭތޯ" ނިހާދު ވިދާޅަވި.
ނޫރުލްއިސްލާމް ޖަމިއްޔާއިން ވެނީ، މިގޭ އަހަރި އަދި އޭގެ ކުރިއެ އަހަރިއަސް، މި ރަށި ސްޓޭޑިއަމި އީދި ނަމާދަ ކެޑެމުގެ އިންތިޒާމްކޮށްފެއި.
އެ ޖަމިއްޔާއިން މިގޭ ރޯދަ މަހި ކުރިއަށް ގިނިގޭ ޕްރޮގްރާމުތަކި މައުލޫމާތު ދެމުން ނިހާދު ވިދާޅަވީ، ރޯދަމަހި ފަގީރުން އަދި މިސްކީނުންނަށް ކާބޯތަކެތި ފޯރުވައިދިނުމުގެ ޕްރޮގްރާމަށް ކުރިއަށް ގިނިގޭ ކަމަށާއި، އަދި ޒިކުރާ ފައުންޑޭޝަނާއި ގުޅިގެން، ސްރީލަންކާއި މަޝްހޫރު ދީނީ އިލްމުވެރިޔާ މުއިއްޒު ބުހާރީ ގިނާސްގެން އެކި މިސްކިތްތަކި ދީނީ ދަރުސް ދެރެ، އެކި ޕްރޮގްރާމްތަށް ހިންގުވި ކަމަށް.
“ދަރުސްތަކި އިތިރަށް، ހިތަދޫ އެއި މި ސިޓީއެ އެކި ރަށްތަކި މުއިއްޒު ބުހާރީ ބައިވެރިކޮށްގެން ރޯޑް ޝޯތަކަސް ބޭއްވެނެ. އިއާށަސް އާންމުންގެ ބޮޑަ ތަރުހީބަށް ލިބެނެ” ނިހާދު ވިދާޅަވި.
ކުރިއަށް އޮއް މުސްތަގުބަލިއަސް، ދައުވަތު ޕްރޮގްރާމް ހިންގުވާހެއް ކަމަށާއި، ބޭރުން ދީނީ އިލްމުވެރިން ގިނާސްގެން ޒުވާނުންގެ ތަރުހީބު ލިބޭ ކަހަލެއި ޕްރޮގްރާމްތަކަސް ހިނގުވާ މަސައްކަށް ކެރަމުންއޭ ކަމަށަސް، ނިހާދު ވިދާޅަވި.
މީގެއިތިރަށް ނިހާދު ވެނީ، އެ ޖަމިއްޔާއިން ހިންގަމުން އޭ ޕްރޮގްރާމުތަކަށް، ޒުވާނުންގެ ފަރާތުން ބޮޑަ ތަރުހީބަށް ލިބެމުންއޭ ކަމަސް ފާހަގަކޮށްފެއި.
“ޒުވާނުންގެ ތަރުހީބު މި ލިބެނީ، މަގަމައްތަށް ނިކުމި ޒުވާނުން ކައިވެރިއަށް ގޮސް ޕްރޮގްރާމުތަށް ހިނގުވިމެއި. އެކަހަލެއި ޕްރޮގްރާމުތަށް ކުރިއަށްގިނޭ ތެބެ ވިސްނަމާ" ނިހާދު ވިދާޅަވި.
މޫސުން ތަންދޭފެހޭ، އީދި ނަމާދަކެޑުން ހިތަދޫ ސްޓޭޑިއަމި އޮންނެހެއް – ނޫރުލްއިސްލާމް ޖަމިއްޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ