ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީ ހަލާކުވެގެން ފްލައިޓްތައް ކެންސަލްކޮށްފި

މިރާއަށް އެނގިފައިވާ ގޮތުގައި މި މިއަދު ހެނދު މާލެއިން ފުނަދުއަށް ފުރަން އޮތް ފްލައިޓު ފުރަން ޗެކިން ނިންމައި ތައްޔާރިވިފަހުން ވަނީ ކެންސަލްކޮށްފަ އެވެ.
ށ. ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީ މައްސަލަ ޖެހިގެން ފްލައިޓްތައް ކެންސަލްކޮށްފި އެވެ.  
މިރާ އަށް އެނގިފައިވާ ގޮތުގައި މި މިއަދު ހެނދު މާލެއިން ފުނަދުއަށް ފުރަން އޮތް ފްލައިޓު ފުރަން ޗެކިން ނިންމައި ފުރަން ތައްޔާރުވި ފަހުން ވަނީ ކެންސަލްކޮށްފަ އެވެ. މީގެ ސަބަބަކީ ފުނަދޫ އަށް ބޯޓު ޖެއްސުމުގެ ކުރިން ފަޔާ ޓްރަކް ރަނގަޅަށް މަސައްކަތް ކުރާތޯ ބެލިއިރު ފަންނީ މައްސަލައެއް އުޅޭކަން ފާހަގަވުމެވެ. މި މައްސަލަ ދިމާވުމާ ގުޅިގެން މޯލްޑިވިއަން އިން ދަނީ ވަގުތުން ބައެެއް ފަސިންޖަރުންނަށް ރިފަންޑްވވެސް ދެމުންނެވެ. 
ފުނަދޫ ފަޔާ ޓްރަކްގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެކަން ހައްލު ކުރުމުގެ މަސައްކަތް ރީޖަނަލް އެއާޕޯޓް ކުންފުނިން ވަނީ ފަށާފަ އެވެ. 
ފުނަދޫ އެއާޕޯޓްއަކީ ހަފުތާއަކު ތިން ފްލައިޓް ބާއްވާ އެއާޕޯޓެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ