އޭދަފުށިން މިއަދު ދެ ގަޑިއިރަށް ކަރަންޓް ކަނޑާލަނީ

ބ. އޭދަފުއްޓަށް ކަރަންޓް
ދޭން ބޭނުންކުރާ ޑިސްޓްރިބިއުޝަންޓް ނެޓްވޯކްގެ މަސައްކަތެއް ކުރުމަށްޓަކައި މިއަދު
މެންދުރުފަހު ދެ ގަޑިއިރަށް ކަރަންޓް ކަނޑާލަން ނިންމައިފި އެވެ.
މިކަން އަންގައި އޭދަފުށީ އިންޖީނުގެއިން ފޮނުވި އެންގުމެއްގައި ބުނީ ޑިސްޓްރިބިއުޝަން ޕެނަލްގެ މަސައްކަތެއް ކުރުމަށްޓަކައި ކަރަންޓް ކަނޑާލަން ހަމަޖެހިފައި ވަނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމަށެވެ.
“އަދި ކަރަންޓް ކެނޑުމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި މައާދަށް އެދެމެވެ،” އިންޖީނުގޭގެ އެންގުމުގައި ބުންޏެވެ.
އޭދަފުށީ އިންޖީނުގޭގެ ޕެނަލް ބޯޑުގެ މަރާމާތަށް ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑައެވެ. މިގޮތަށް ޕެނަލް ބޯޑުގެ މަސައްކަތަށް މުޅި ރަށުން ކަރަންޓް ކަނޑާލާއިރު، ކަނޑައެޅިފައިވާ ވަގުތަށްވުރެ ކުރިން ގިނަ ފަހަރު ކަރަންޓްދޭކަން ފާހަގަ ކުރެވެ އެވެ.
އޭދަފުށީގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ފެނަކައިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ އިންޖީނު ރޫމު ބޮޑުކޮށް ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ