މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ: މެޓް

މިދިޔަ ހަފްތާގައި މޫސުން ގޯސްވެފައި އޮތުމަށް ފަހު، މިއަދު މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އެގޮތުން ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
މޫސުން އާންމު ގޮތެއްގައި ރަނގަޅުވި ނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މިދިޔަ ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވި އެވެ. އެގޮތުން ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވި އިރު، ބައެއް ރަށްރަށަށް އުދަ އެރި އެވެ.
އޭގެ އިތުރުން ކަނޑު ގަދަ ވުމުގެ ސަބަބުން ބައެއް ބޯޓު ފަހަރު ދިޔަވުމުގެ ހާދިސާތަކާއި، ވައިގަދަވުމުގެ ސަބަބުން ރުއް ގަސް ވެއްޓުމުގެ ހާދިސާތަެއް ހިނގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ