ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްއިތުފާ ދެއްވީ ބަނގު ރަލުގެ ސަބަބުން ކަމަށް އުމަރު ނަސީރު ތުހުމަތު ކުރައްވައިފިއެވެ.
އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދަށް އިޝާރާތްކޮށް ބުނެފައި ވަނީ ބަނގު ރަލުގެ ސަބަބުން ރައީސަކު އިސްތިއުފާ ދޭން ޖެހުނު ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އިޝާރާކޮށް އުމަރުގެ ޓްވީޓުގައި ބުނެފައި ވަނީ މުއްސަނދި ކަމުގެ ސަބަބުން ސިޔާސީ ގޮތުން އަނދިރި ވެފައިވާ ރައީސެއް ކަމަށެވެ.
އުމަރުގެ ޓްވީޓްގައި ބުނެފައި ވަނީ "ރަނގަޅު މީހެއް ނުބައި މީހަކަށް ބަދަލުކޮށްލާ ތިން އެއްޗެއް ވޭ، އެއީ ރަލާއި، މުދަލާއި އަންހެނުންނެވެ. އެގޮތުން ރަލުގެ ސަބަބުން ރައީސަކު އިސްތިއުފާ ދޭން ޖެހުނު އަދި މުދަލުގެ ސަބަބުން ސިޔާސީ ގޮތުން ރައީސަކު ކަނުވެއްޖެ" ކަމަށެވެ.
ރަލުގެ ސަބަބުން ރައީސަކު އިސްތިއުފާ ދެއްވި ކަމަށް އުމަރު ވިދާޅުވިއިރު، ރައީސް ނަޝީދު ފިޔަވައި އެއްވެސް ރައީސަކު އިސްތިއުފާ ދެއްވިކަން ފަހުގެ ތާރީޚަކުން އެނގޭކަށް ނެތެވެ.
ނަޝީދު އިސްއިތުފާ ދެއްވީ ބަނގު ރަލުގެ ސަބަބުން ކަމަށް އުމަރު ނަސީރު ތުހުމަތު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ