އައްޑޫ ސިޓީ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ނިންމާލައިފި

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި އައްޑޫ ސިޓީ ސްކޫލް ކުދިންގެ ތިންވަނަ ފެތުމުގެ މުބާރާތް ނިންމާލައިފިއެވެ.
އައްޑޫ ސިޓީ ސްކޫލް ކުދިންގެ ތިންވަނަ ފެތުމުގެ މުބާރާތް ކުރިއަށްގެންދިޔައީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. ހިތަދޫ ސްވިމިންގ ޓްރެކުގައި ބޭއްވި އައްޑޫ ސިޓީ ސްކޫލް ކުދިންގެ ތިންވަނަ ފެތުމުގެ މުބާރާތް ކުރިއަށް ގެންދިޔައީ އަންހެން ފިރިހެން ވަކިން ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ. އަދި ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީވެސް ކުރިއަށްދިޔަ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މި މުބާރާތުގައި އައްޑޫ ސްކޫލުތަކުގެ އިތުރުން މާލޭގެ ސްކޫލުތަކުންވެސް ވާދަކުރިއެވެ.
އައްޑޫ ސިޓީ ސްކޫލް ކުދިންގެ ތިންވަނަ ފެތުމުގެ މުބާރާތް ނިންމާލިއިރު، އައްޑޫ ސިޓީ ދެވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ދާދި ފަހުން ވަނީ ބާއްވާފައެވެ. އައްޑޫ ސިޓީ ދެވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ކުރިއަށް ގެންދިޔައީ އަންހެން ފިރިހެން ވަކިން ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ