ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލަ އަށް ހައްލެއް ހޯދުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނާ އެއްކޮށް ބައްދަލުކުރުމަށް މިއަދު ވަނީ ނިންމާފައެވެ.
ޕީޕީއެމްގެ ޕާލެމެންޓަރީ ގްރޫޕުން ބޭއްވި ހާއްސަ ބައްދަލުވުމެއްގައި އެ ގްރޫޕުން ނިންމީ ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީނާ އެއްކޮށް، އެއް ތަނެއްގައި ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ. މިކަން ނިންމާފައިވަނީ ޕީޖީއިން ޕާޓީ ތެރޭގައި ހުރި މައްސަލަތަކާ މެދު މަޝްވަރާ ކުރުމަށްފަހުއެވެ.
ނަމަވެސް އެ ބައްދަލުވުން އޮންނާނެ ތާރީޙެއް އަދި ނުނިންމައެވެ.
ޕީޕއެމް ޕާލިމެންޓަރީ ގްރޫޕުން މިހެން ނިންމާފައިވަނީ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑަށް އުފެދިފައި އޮތްވާއެވެ. އޭގެ ތެރޭގައި ދެފަރާތުންވެސް ރައީސް ޔާމީންއަށާއި ރައީސް މައުމޫނަށް ވަނީ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ. އަދި ޕާޓީތެރޭގައި މި ކަންކަމާ ގުޅިގެން ދެ ފެކްޝަނެއް ވަނީ އުފެދިފައެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަދި ރައީސް ޔާމީން ބައްދަލު ކުރެއްވުމަށް ޕީޖީ ގްރޫޕުން ނިންމަވާއިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ