ޕީޕީއެމްއިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ ސިހުރު ހަދައިގެން ނޫން ކަމަށާއި ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ ސިހުރު ހަދައިގެން ކަމަށްދެކެވޭ ވާހަކަ ތަކަކީ ހުސް ދޮގުކަމަށާއި، އެކަހަލަ ވާހަކަ ގަބޫލުކުރަންވެސް ނުވާނެ ކަމަށެވެ.
"ކިތަައްމެ ސިހުރެއް ހެދިއަސް ވާނެ ކަމެއް ނޯންނާނެ. އިސްލާމްދީނުން ވެސް މިކަން ސާބިތުވާނެ." މައުމޫން ވިދާޅުވިއެެވެ.
މައުމޫން ވިދާޅުވީ ކެމްޕެއިންގެ ތެރެއިން ވެސް ސިހުރު ހެދިކަމަށް ބުނާ މީހައާ ދިމާ ނުވާ ކަމަށާއި، އަދި އިންތިހާބު ކާމިޔާބު ކުރުމުގައި އެ ބުނާ މީހާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އަދި ވެރިކަން ލިބުނީ ﷲ އިރާދަފޫޅުކަމުންނާއި ޕާޓީން ކުރެއްވި ބުރަ މަސައްކަތުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރަށް މައުމޫނު ވިދާޅުވީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން އަސޭލާ ނަމަކަށް ކިޔާ ސްރީލަންކާގެ "ސިހުރުވެރިޔާ" ވަޒީފާ ދިން ކަމަށާއި، ވަޒީފާދީފައި ވަނީ ވެސް ލަންކާ ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށެވެ.
"ސަރުކާރާ އެންމެ އިދިކޮޅު ޕާޓީ، އެމްޑީޕީއަކީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ނުހިތާ ޕާޓީއެއް. ހަގީގީ މުސްލިމެއް ނަމަ ގުރުއާނާއި ހަދީސް ނޫން ހައްލެއް ބޭނުންވާ ވާހަކަ ދައްކައި ކީރިތި ރަސޫލާއަށް ހަޖޫ ނުޖަހާނެ." މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އެމްޑީޕީން އޭރު ނިންމާފައި އޮތީ ރާއްޖޭގައި ކްރިސްޓަން ދީނުގެ ފައްޅިއެއް އަޅަން ކަމަށެވެ.
މީގެ އިތުރަށް އެމްއެމްޕީއާރްސީގެ ފައިސާ އަށް ހިޔާނާތްތެރިވުމުގައި ބައިވެރިވި މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ކުންފުނި ކަމަށްވާ އެސްއޯއެފް އިން ޕީޕީއެމް އަށް ފައިސާ ދީފައިވާ ކަމަށް ބުނެފައިވާ މައްސަލައިގައި އެކުންފުންޏާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.
އެމްއެމްޕީއާރްސީ ގެ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި އެސްއޯއެފް ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީ އިން ވަގަށްނެގި އެއް ބިލިއަން ރުފިޔާ ދީފައި ވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށާއި ޕީޕީއެމް އަށް ކަމަށެވެ. މި މައްސަލައާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަށް އެއްވެސް ފައިސާއެެއް ހަވާލުކޮށްފައި ނޯންނާނެ ކަމަށެވެ.
އެސްއޯއެފް ކުންފުނިން ފައިސާ ހަވާލު ކުރި ކަމަށްވަންޏާ ހަވާލު ކުރި ކަމުގެ ލިޔުން ނޫނީ އެކައުންޓަށް ޖަމާކުރިކަމުގެ ސްލިޕެއް ދެކުމަށް އެޕާޓީން މިއަދު ވަނީ އެދިފައެވެ.
ޕީޕީއެމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ސިހުރަކުން ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ