ރިޔާސީ އިންތިޚާބުގައި ސިހުރު ހެދިކަމަށް ދައްކާ ވާހަކަތައް ރައީސް މައުމޫން ދޮގު ކުރައްވައިފި

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އިން ސިހުރު ހެދިކަމަށް ދައްކާ ވާހަކަތައް ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ދޮގު ކުރައްވައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ސިހުރު ހެދުމަކުން އެއްވެސް ކަމެއް ނުވާނެ ކަމަށާއި އަދި ކަންކަން ވާނީ މާތްﷲ މިންވަރު ކުރައްވަވާ ގޮތަށް ކަމަށެވެ.
"ތިއަބޭފުޅުން އެއްގޮތަކަށްވެސް ޤަބޫލުފުޅު ނުކުރައްވާ ސިހުރު ހަދައިގެން ކަންކަން ކުރާ ވާހަކަ. އެއީ ހަމަ ހުސް ދޮގު ބުހުތާނު ވާހަކަ. އިސްލާމް ދީން ވެސް އެވާހަކަ ޤަބޫލެއް ނުކުރޭ. ސިހުރަކީ އޮތް އެއްޗެއް ނޫން."
ރައީސް މައުމޫން ވިދާޅުވީ ވީޑިއޯގައި އެބުނާ މީހާ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި މަސައްކަތް ކުރި ކަމަށާއި އޭނާ މަސައްކަތްކުރީ އެމްބަސީތަކުގައި އެހެން ޤައުމުތަކުގެ މީހުން މަސައްކަތްކުރާ އުޞޫލުން ކަމަށެވެ. އަދި އޭނާ ކުރީ ސަރުކާރުގެ މިނިސްޓްރީއަކުން ހަވާލުކުރި މަސައްކަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ