ކައިވެނި ހަފްލާތައް ޒީނަތްތެރިކޮށްދޭ 'ޖަސްޓް މެރިޑް' އިން މީހުން އަތުން ފައިސާ ނަގައިގެން ސްކޭމް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައިވެނި ޕާޓީއަކަށް ފައިސާ ނެގުމަށް ފަހު، އެ ދެމަފިރިންނަށް 'ޖަސްޓް މެރިޑް' އިން ލަނޑުދިން މައްސަލައެއް ސޯޝަލް މީޑިއާއަށް ވަނީ ތިލަ ވެފަ އެވެ. އެއާ އެކު، އެ ޕޭޖްއާ ގުޅޭ ގޮތުން މީގެ ކުރިން މީހުން ދީފައިވާ ރިވިއުތަކާއި ކަންބޮޑުވުންތައް އިތުރަށް ފާހަގަކުރެވުނެވެ.
ފުލުހުންގެ ބަސް - މި މައްސަލައާ ގުޅިގެން މިއަދު 'ދައުރު'ން ސުވާލު ކުރުމުން ފުލުހުން ބުނީ މިކަމާ ގުޅިގެން މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
'ޖަސްޓް މެރިޑް' ސްކޭމް މައްސަލަ ފުލުހުން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ