ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރަހައްދީ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ފުޅާކޮށް، އިތުރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމެއްގައި އިކޮނޮމިކް މިނިސްޓްރީ އާއި އެ ބަނދަރު އޮޕަރޭޓު ކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު ސޮއިކޮށްފި އެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން އެވެ.
"މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން އަތޮޅު ތެރެއަށް މުދާ އުފުލާނެ ނިޒާމެއް ގާއިމު ކުރާން އެޅުނު ފުރަތަމަ ފިޔަވަޅު. ސަރުކާރުގެ އަމާޒަކީ އަތޮޅު ތެރޭގެ ސަޕްލައި ޗެއިންގެ އެޝިފަންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަން ޖެހޭ ހަރަދުތައް ކުޑަކޮށް..،" އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި އެއްބަސްވުމުގެ ދަށުން އެ ބަނދަރު ތަރައްގީ ކުރާނީ އެންމެ އުތުރުގައި އޮތް ހަތަރު އަތޮޅުގެ ރަށްތަކަށް ހާއްސަކުރާ ލޮޖިސްޓިކަލް ހަބެއްގެ ގޮތުގައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ބަނދަރުގެ ކެޕޭސިޓީ ބޮޑުކޮށް، ކާގޯ ހޭންޑްލިން ސިސްޓަމްތައް ޒަމާނީކޮށް، ޕެރިޝަބަލް މުދާ ތާޒާކަމާއެކު ރައްކާތެރިކަންމަތީ ބެހެއްޓޭނެ ވަސީލަތްތައް ގާއިމުކުރާނެ އެވެ.
ކުޅުދުއްފުށީ ސަރަހައްދީ ވިޔަފާރި ބަނދަރަކީ ޑިސެމްބަރު 5، 2005 އިން ފެށިގެން އެމްޕީއެލްއިން އޮޕަރޭޓު ކުރަމުންދާ ބަނދަރެކެވެ.
ކުޅުދުއްފުށީ ވިޔަފާރި ބަނދަރު އިތުރަށް ތަރައްގީކޮށް ހިދުމަތްތައް ފުޅާކުރަން އެއްބަސްވުމެއް ކުޅުދުއްފުށީ ވިޔަފާރި ބަނދަރު އިތުރަށް ތަރައްގީކޮށް ހިދުމަތްތައް ފުޅާކުރަން އެއްބަސްވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ