ދުންފަތާ ދެކޮޅު މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޚާއްސަ އެވޯޑެއް އަރުވައިފި އެވެ.
މި އެވޯޑް އެމަނިކުފާނަށް ލިބިވަޑައިގަންނަވާކަން އެ ޖަމިއްޔާ އިން ހާމަ ކުރެއްވީ ދުނިޔޭގެ ދުންފަތާ ދެކޮޅު ދުވަހާއި ގުޅިގެންނެވެ. އެ ޖަމިއްޔާ އިން މި އެވޯޑް ރައީސް މުއިއްޒަށް އަރުވާފައި ވަނީ ދުންފަތާއި ދެކޮޅަށް އެމަނިކުފާނު ތަންފީޒު ކުރައްވާ ހަރުދަނާ ސިޔާސަތުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
މި އެވޯޑަކީ ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލްގެ ހާއްސަ އެވޯޑެވެ. ރައީސްގެ އިތުރުން މި އެވޯޑް މޮރިޝަސްގެ ހެލްތު މިނިސްޓްރީއަށް ވެސް ދީފައިވެ އެވެ.
ރައީސް މުއިއްޒުގެ ގެންދަވަނީ ދުންފަތުން ދިވެހި މުޖްތަމައު ސަލާމަތް ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މީގެ ކުރީން އެއްވެސް ސަރުކާރަކުން އެ މަަސައްކަތް ނުކުރާ މިންވަރަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް އާންމުވި ވޭޕް ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. އަދި ވޭޕު ކުރުމަަށް ބޭނުން ކުރާ ސާމާނު ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. ވޭޕު ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ވެސް އެޅި އެވެ. ތަންފީޒީ އިދާރާތަކަށް ބާރުތަކެއް ވެސް ދީފައިވެ އެވެ.
މީގެ އިތުރުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ވަނީ ފާސްކޮށްފަ އެވެ. އެ ޤާނޫނު މި ހަފްތާގެ ތެރޭގައި ތަސްދީގު ކުރައްވާނެ އެވެ. މިއީ ޖީލެއް ދުންފަތުން ސަލާމަތް ކުރުމަށް އެޅި ފިޔަވަޅެކެވެ.
މި ގާނޫނުގެ ދަށުން 21 އަހަރު ނުފުރޭ މީހުނަށް ވެސް ދުންފަތް ވިއްކުން ވެސް މަނާވާނެ އެވެ. އުމުރުން 21 އަހަރު ވެފައިނުވާ މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ވިއްކާ ފިހާރައެއްގެ ސޭޓަކަށް އިނުން ނުވަތަ ވިޔަފާރީގެ އެހެން މުއާމަލާތެއް ކުރުމުގައި ބައިވެރިވުން ވެސް މަނާ ވާނެ އެވެ.
ދުންފަތާ ދެކޮޅު މަސައްކަތަށް ސިއްހަތު ޖަމިއްޔާގެ ޚާއްސަ އެވޯޑެއް ރައީސަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ