ހދ. ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެންމެ އުތުރުގެ ހަަތަރު އަތޮޅަށް ވެސް ހިދުމަތް ފޯރުކޮށްދޭ ގޮތަށް، 'ލޮޖިސްޓިކް ހަބް'އެއް ތަރައްގީ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ވައުދާ އެއްގޮތަށް މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް މިއަދު ސޮއިކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދެވެ.
މި އެއްބަސްވުމުގައި:
އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ސީއީއޯ މުހައްމަދު ރިޝްވާން
އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދު
ތަފްސީލް - ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު އެ އިދާރާތަކުން ބުނި ގޮތުގައި:
މި މަޝްރޫއު ކުރިއަށް ގެންދާނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން
މި މަޝްރޫއުގެ ދަށުން، ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިން ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ
ރައްޔިތުންނަށް ބޭނުންވާ މުދަލުގެ އިތުރުން މޭވާ އާއި ތަރުކާރީ ފަދަ އަވަަހަށް ހަލާކުވާ ސާމާނު ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެ ގޮތް ހަމަޖައްސާނެ
އެ އިދާރާތަކުން ބުނި ގޮތުގައި، ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މި މަޝްރޫއަކީ، ރާއްޖޭގެ އުތުުރުން ދެކުނަށް، ޝެޑިއުލްކޮށްގެން އަތޮޅުތެރެއަށް މުދާ އުފުލާނެ ނިޒާމެއް ގާއިމުކުރުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ.
ކުޅުދުއްފުށީ ވިޔަފާރިި ބަނދަރު ބޮޑުކުރުމަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ