ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އައްޑޫ ސިޓީ، ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓުގެ ޕެޓީ ކޭޝްގެ ގޮތުގައި ދިން ހަ ލައްކައަށް ވުރެ ގިނަ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕޮރޮސެކިއުޓާ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ މި މަހުގެ 10 ވަނަ ދުވަހު ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ވަނީ އަހުމަދު ސާތިޝް ސައީދު، ހަނީވިލާ، ސ. ފޭދޫ އާއި މުހައްމަދު އާސިދު، ނިރޮޅުމާގެ، ތ. ތިމަރަފުށި އަދި ހުސައިން އާސިރު، ފަޅޯމާގެ، ސ. ފޭދޫ ގެ މައްޗަށް ކަމަށެވެ.
އޭގެ ތެރެއިން ސާތިޝް އަކީ ނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުރި މީހެކެވެ. އާސިދަކީ ހަމަ އެ ޑިޕާޓުމެންޓުގެ ސީނިއާ އިންޖިނިއަރުގެ މަގާމުގައި ހުރި މީހާ އެވެ. އާސިރަކީ ފެނަކައިގެ ސުޕަވައިޒަރެކެވެ.
އޭސީސީން ބުނީ ހިތަދޫ ޕަވާ ސްޓޭޝަން މަޝްރޫއުގެ ޕެޓީކޭޝްގެ ގޮތުގައި ދީފައި ހުރި ފައިސާ އެ ތިން މީހުން ވެސް އަމިއްލަ ބޭނުންތަކަށް ބޭނުން ކޮށްފައިވާ ކަމަށެވެ.
އެ ތިން މީހުންގެ މައްޗަށް ކޮށްދިނުމަށް އޭސީސީން އެދި ހުށަހަޅާފައި ވަނީ:
އޭސީސީން ވަނީ އެ ތިން މީހުންގެ އަތުން ބަދަލުގެ ގޮތުގައި 623،208ރ. އަނބުރާ ހޯދުމަށް ފެނަކައަށް އަންގައިފަ އެވެ.
އޭގެ އިތުރުން އެ ތިން މީހުން ފޯޖަރީގެ އަމަލުތަކެއް ހިންގާފައިވާކަމަށް އޭސީސީގެ ތަހުގީގަށް ފާހަކަ ކުރެވޭތީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ފޮނުވަން ވެސް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ހަ ލައްކަ ރުފިޔާގެ ޕެޓީ ކޭޝް ބޭނުންކުރި ފެނެކައިގެ ތިން މުވައްޒަކަށް ދައުވާ ކުރަނީ ހަ ލައްކަ ރުފިޔާގެ ޕެޓީ ކޭޝް ބޭނުންކުރި ފެނެކައިގެ ތިން މުވައްޒަކަށް ދައުވާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ