ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރަން ހުށަހަޅަން ރަށްރަށަށް ހުޅުވާލައިފި

ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކަލްޗާ މިނިސްޓްރީން އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ހުޅުވާލައިގެން އެންމެ ރަނގަޅު ޕްރޮޕޯސަލް ލިބޭ ރަށްރަށުގައި، ސަރުކާރާ ގުޅިގެން ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރަން ފެށީ މިދިޔަ އަރެވެ. ސަރުކާރުގެ ވިސްނުމަކީ ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދަށް އެ ގޮތަށް ރަށްރަށް ކަނޑައަޅައިގެން ފާހަގަ ކުރުމެވެ.
ތަފްސީލް - ކަލްޗާ މިނިސްޓްރީން އިއްޔެ އިއުލާންކުރި ގޮތުގައި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ 1 މެއިގެ މެންދުރުފަހުގެ 1ގެ ނިޔަލަށެވެ. އެގޮތުން:
ޕްރޮޕޯސަލް މެއިލްކުރަން ޖެހޭނީ [email protected]
މިނިސްޓްރީގެ ވިލަރެސްވެރިއެއް ގޮތުގައި ހަމަޖައްސާފައިވަނީ މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އައްބާސް މުހައްމަދު
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މިނިސްޓްރީން ކަނޑައަޅަނީ ތިން ރަށެއް
ފާހަގަކުރެވޭ - މިދިޔަ އަހަރުގެ ބޮޑު އީދުގައި ގައުމީ ފެންވަރުގައި މިނިސްޓްރީން އީދު ފާހަގަކުރީ ރ. އުނގޫފާރު، ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިއްޔެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ