އިސްލާމިކް ޔުނިވާސިޓީ އައިޔޫއެމް)ގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - އޭސީސީން ރޭ ބުނީ އައިޔޫއެމްގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދުމަށް 5 ނޮވެންބަރު 2017ގައި ކޮށްފައިވާ އިއުލާނަކާ ގުޅިގެން އެ މަގާމަށް ހޮވާފައިވާ ފަރާތަކީ އިއުލާނުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ ފަރާތެއް ނޫން ކަމަށެވެ.
ތަފްސީލް - އެ އިއުލާނުގައި ބަޔާންކޮށްފައިވާ، އެ މަގާމަށް ޝަރުތު ހަމަވާ ތައުލީމީ ސެޓްފިކެޓެއް އަދި ޝަރުތު ހަމަވާ ތަޖުރިބާގެ ލިޔުމެއް ވެސް އެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
އެ މައްސަލާގައި ދައުވާކޮށްދޭން އެދިފައިވަނީ އޭރު އެ ޔުނިވާސިޓީގެ:
ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. އިބްރާހީމް ސަމީރު، ނަރުގިސްވިލާ/ތ. ތިމަރަފުށި
ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމުގައި ހުންނެވި އަލީ ރަޝީދު، ގުލްބަކާގެ/ބ. އޭދަފުށި
އޭސީސީން ބުނީ އައިޔޫއެމްގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ތައްޔާރުކޮށްފައިވާ 'އާރު2' ޝީޓްގައި ޕޮއިންޓް ދީފައިވަނީ ޔުނިވަސިޓީގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލާ ހިލާފަށް ކަމަށެވެ. އަދި އިންޓަވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓްދީ، އެ ފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
މި މައްސަލާގައި ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ:
ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
އައިޔޫއެމްގެ ވަޒީފާއެއް ދިނުމުގައި ކޮރަޕްޝަން ހިމެނޭތީ މައްސަލަ ޕީޖީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ