އެމަނިކުފާނު ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަކުރައްވާފަ އެވެ. ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވާފައި ވަނީ މިރޭ 12:53 ގައެވެ. އެ ހުރިހާއިރަކު އެމަނިކުފާނު ހުންނެވީ ވެސް ކޮޅަށެވެ.
މިހާތަނަށް ރާއްޖޭގެ ރައީސަކު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަވައިފި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް އިއްޔެ ހެނދުނު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާފައި މިވަނީ 515 ދުވަސް ފަހުންނެވެ. މި ނޫސްވެރިންގެ ބައްދަލުވުން ބާއްވަވާނެ ކަމަށް މިދިޔަ މަހު އެމަނިކުފާނު ވަނީ އިއުލާނު ކުރައްވާފަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ރައީސް ވަނީ ހުރިހާ ނޫސްވެރިންގެ ހުރިހާ ސުވާލުތަކަކަށް ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އިއްޔެ ހެނދުނު 10:00 ގައި ފެށި މި ނޫސްވެރިންގެ ބައްދަލުވުމުގެ ފުރަތަމަ ދެ ގަޑިއެއްހާއިރު ހޭދަކުރެއްވީ ހުރިހާ ދާއިރާއަކުން ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭ ޕްރެޒެންޓޭޝަނެެއް ދެއްވުމަށެވެ.އޭގެ ފަހުން ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވައިލެއްވީ މެންދުރު ނަމާދު ވަގުތަށް ވިއްސަކަށް މިނެޓު މެދުކަނޑާލުމަށްފަހު އެވެ. އޭގެ ފަހުން ހުރިހާ ނަމާދު ވަގުތަކަށް ވިއްސަކަށް މިނެޓަށް ބްރޭޑްއެއް ނަންގަވަމުން ނޫސްވެރިން ކުރި ހުރިހާ ސުވާލަކަށް އެމަނިކުފާނު ވަނީ ޖަވާބު ދެއްވާފަ އެވެ. ބައެއް ނޫސްވެރިން ގަތްގަނޑަކަށް 40 ސުވާލު ވެސް ރައީސާ ކޮށްފައިވެ އެވެ. އެހުރިހާ ސުވާލަކަށް އެމަނިކުފާނު ވަނީ ޖަވާބު ދެއްވާފަ އެވެ.މީގެ ކުރީގައި ރައީސުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ ގާތްގަނޑަކަށް ގިނަވެގެން ދެ ގަޑިއިރެއްހާއިރު އެވެ. ކޮންމެ ނޫސްވެރިއަކަށް ކުރެވެނީ ލިމިޓެޑް ސުވާލުތަކެކެވެ. ގިނަ ފަހަރަށް ކުރެވެނީ ދެ ސުވާލެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ކޮންމެ ނޫސްވެރިއަކު ވެސް ސުވާލު ކުރަން ބޭނުން ވަރަކަށް ސުވާލު ކުރައްވަން ދޫކޮށްލައްވާފަ އެވެ.
އެމަނިކުފާނު ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަކުރައްވާފަ އެވެ. ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވާފައި ވަނީ މިރޭ 12:53 ގައެވެ. އެ ހުރިހާއިރަކު އެމަނިކުފާނު ހުންނެވީ ވެސް ކޮޅަށެވެ.ނޫސްވެރިންނާ އެހާ ގިނަ ދުވަސްފަހުން ބައްދަލުކުރި ނަމަވެސް، އަންނަ އަހަރުގެ މޭ 3، ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އައުމުގެ ކުރިން ތަންކޮޅެއް ގިނައިން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މީޑިއާ އާ ބައްދަލުނުކޮށް އެހާ ގިނަ ދުވަސްވީ ގައުމުގައި ހުރި މުހިންމު ކަންކަން ހައްލުކުރައްވަން ކުރަން ޖެހިވަޑައިގަތް މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.ރައީސް ވަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އިތުރުން އެމަނިކުފާނުގެ އަމިއްލަ ކަންކަމާއި އާއިލާއާ ގުޅިގެން ދައްކަމުންދާ ވާހަކަތަކާއި އަދި އެމަނިކުފާނަށް ކުރާ ތުހުމަތުތަކަށް ވެސް އެޑްރެސް ކުރައްވާފަ އެވެ. ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނަކީ ދޮގު ހައްދަވާ ބޭފުޅެއް ނޫން ކަމަށެވެ.ރައީސްގެ މި ނޫސްވެރިންގެ ބައްދަލުވުމަކީ ދުނިޔޭގެ ރެކޯޑަށް ބަލާއިރު ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ. މިހާތަނަށް އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެން ދުނިޔޭގެ ރެކޯޑު ހޯދާފައި ވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އެވެ. ޒެލެންސްކީ ވަނީ ހުއްޓުމެއްނެތި 300 އެއްހާ ނޫސްވެރިންގެ ސުވާލުތަކަށް 14 ގަޑިއިރެއްހާއިރު ޖަވާބު ދެއްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރައީސް ނޫސްވެރިންނާއެކު ގާތްގަނޑަކަށް 15 ގަޑިއިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ