ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މިވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށްވަނީ ވިއްސާރަކޮށް ބޯކޮށް ވާރޭވެހިފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް މިހާރުކުރަމުންދަނީ ދެމޫސުން ބެދޭ އިރު ކުރާ ވިއްސާރަކަމަށެވެ. އެ އިދާރާއިން ވަނީ މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އެއީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި މެދުރާއްޖެއާއި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރޭ ދަންވަރު މާލޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ފެންބޮޑުވެފައެވެ. މިހާރު ސިފައިން ދަނީ މާލޭގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެދޮރުގެ ސަލާމަތަށްޓަކައި ފެން ނުވަންނާނެހެން ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއްވައެވެ. މިހާރުކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ބެލެވެނީ ހުކުރު ދުވަހުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ވަނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރައްވައި އިއްޔެއާއި މިއަދު އަދި މާދާމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލާފާކޮށްފިއެވެ.
މޫސުން ގޯސްވެ، މުޅި ރާއްޖެ ހުދު ސަމާލުގައި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ޔެލޯ އެލަރޓް، 50 މޭލަަށް ވައި ގަދަވާނެ! ބޯ ވިއްސާރައިގައި ކުޑަހުވަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި “ފެބިއެން” ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް މަގުބޫލު ލިޔުންތައް ބަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ