އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކައިފިއެވެ.
މީގެ އިތުރުން، އިންޑިއާއިން އަލަށް 319 މިލިއަން ޑޮލަރު (30 ބިލިއަން އިންޑިއަން ރުޕީސް) ގެ ކަރަންސީ ސްވޮޕެއް ރާއްޖެއަށް ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.
މި 400 މިލިއަން ޑޮލަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ދޫކުރި ފައިސާއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މި ފައިސާ ދައްކާ ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، 30 ބިލިއަން ރުޕީސްގެ އާ ކަރަންސީ ސްވޮޕެއް ރާއްޖެއަށް ދޭން އިންޑިއާ ސަރުކާރުން ނިންމާފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލަށް ދޫކުރަން ނިންމި ކަރަންސީ ސްވޮޕް ފެސިލިޓީގައި ބޮޑެތި ލުއިތަކެއް ހިމެނޭނެ ކަމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް ހައިކޮމިޝަނުން ފާހަގަކުރެއެވެ.
ކަރަންސީ ސްވޮޕްގެ ގޮތުގައި ނެގި 400 މިލިއަން ޑޮލަރު ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ