އުރީދޫގެ އޭއައި ޗެޓްބޮޓުން މި މަހު ބައްދަލުކުރަނީ ސަންތި މަރިޔަނބު

އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭއައި ޗެޓްބޮޓުން މި މަހު ބައްދަލުކުރަނީ ސަންތި މަރިޔަނބެވެ.
އުރީދޫގެ 2025ގެ ކަލަންޑަރު ބިނާކޮށްފައިވަނީ ދިވެހި ހިޔާލީ ވާހަކަތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އޭއައި މެދުވެރިކޮށް މި ޝަހުސިއްޔަތުތަކާ ވާހަކަދެއްކޭ ގޮތް ވެސް ވަނީ ފަހިކޮށްދީފަ އެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ 'ފޫޅުދިގު ހަންޑި' އާއި 'ސަފަރު ކަތްދަ' ފަދަ 12 ކެރެކްޓާ މި ކަލަންޑަރުގައި ހިމެނެ އެވެ. މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބައެކެވެ.
މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ. މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ.
އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ އެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީ ވެސް ނުކުރާ ފަދަ ގޮތަކަށް ހިޔާލީ ވާހަކަތަކުގެ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް ލިބޭނެ އެވެ.
މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓާ 'ޑިޖިޓަލް މޯލްޑިވްސް'އެއް ބިނާކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ